ވޯލްޑް ކަޕަށްފަހު އާޖެންޓީނާ ގައުމީ ޓީމަށް، އެގައުމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ހިތްދަތި ބައްޔަކާ ކުރިމަތިލާން ޖެހުނު އިރު، އޭނާއަށް ވަނީ އަނިޔާވެފައެވެ.

އާޖެންޓީނާގެ މެޗުގައި "ގްރޮއިން" އިންޖަރީއެއް މެސީއަށް ކުރިމަތިވި އިރު، މިހާރު އޭނާ ވަނީ ކޭމްޕް ދޫކޮށް ބާސެލޯނާއަށް ގޮސްފައެވެ. މި އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާއަށް އަދި މެޗެއް އޮތް ނަމަވެސް، މެސީ އެ މެޗު ނިމެންދެން މަޑުކޮށްފައެއްވެސް ނުވެއެވެ.

ގައުމީ ޓީމާއެކު އެތަކެއް ހިތި ތަޖުރިބާތަކެއް މިހާތަނަށް ކޮށްފައިވާ މެސީ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ބަލިވެ، އޭގެ ފަހުން ކޮޕާ އެމެރިކާގެ ފައިނަލްއިން ދެ ފަހަރަށް ބަލިވުމުން ކުރިން ރިޓަޔާވެސް ކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އެނބުރި އައި އިރު، މިފަހަރުގެ ރަޝިޔާ ވޯލްޑް ކަޕަށްފަހުވެސް މެސީ ވަނީ އަމިއްލައަށް ގައުމީ ޓީމުން ބްރޭކެއް ނަގާފައެވެ.

ރޭ ވެނިޒުއޭލާއާ ދެކޮޅަށް އެގައުމުގެ ގައުމީ ޓީމުން ކުޅުނު މެޗަކީ މެސީ އެނބުރި އައި މެޗެވެ. މެޗުގައި މެސީ ފެށި އިރު، ޓީމުގެ 11 އިން ބޮޑެތި ބަދަލުތަކެއް ފާހަގަ ކޮށްލެވުނެވެ. ހާއްސަކޮށް ޓީމުގެ ސްކޮޑުންވެސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް އެކުވެރިކަމުގެ މެޗުގައި ޖާގަ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި މެސީ ފެށި ނަމަވެސް، އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 3-1ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވެގެން ނިމުނު އިރު، މެސީ ނިންމާލީ އަނިޔާއާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިންޕަތީ

    މެހިސީއަކީ އެއީ މުރަނގަ ގަސްދޮށު މާލިމީއެކޭ މަމެންނަށް ބުނެވެނީ އެހެންވެއެވެ. މެހިސީގެ މުރަނގަ ގަހަކީ ބާސާއެވެ. މުރަނގަ ގަސް ނެއްތާ ދަތުރުކުރަން މާލިމީއަށް ނޭންގޭހެން ބާސާ ނޫންތާކު މެހިސީއަށްވެސް .............. އެހެންވެ އެހެން ޓީމަކަށްވެސް ސޮއިކޮއްލަންވެސް ނުކެރެ.

    2
    9