އެފްއޭއެމްއިން ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު، ނިއު ރޭޑިއަންޓްސްގެ ސަސްޕެންޝަން ދަމަހައްޓަން މެމްބަރު ކްލަބުތަކުން ވޯޓު ދީފިއެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ނިއުގެ ސަސްޕެންޝަން އުވާލުމަށް ހުށަހެޅުމުން 14 ކުލަބުގެ ތެރެއިން، ސަސްޕެންޝަން އުވާލުމަށް ވޯޓް ދިނީ، ދެ ކުލަބަކުންނެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމްއިން ނިއު ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ޖުމުލަ 3.8 މިލިޔަން ރުފިޔާއަށްވާ މުސާރައާއި އުޖޫރަ އެކުލަބުން ދައްކާފައި ނުވާތީއާއި އެކަމާ ގުޅިގެން ތަފާތު އެކި ފަހަރު މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޟިރު ކުރެވި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމަށް އެތައް މުހުލަތެއް ދިނުމަށްފަހުގައި ކަމަށެވެ.

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބުތަކުން ނިންމާއެކު އެ ކްލަބަށް ކުރިއަށް އޮތް ސީޒަންގައި ފުރަތަމަ ޑިވިޝަންގައި ވާދަ ނުކުރެވޭނެއެވެ. މިއަދުގެ ޕްރެސްގައި ބައްސާމް ވިދާޅުވީ ސަސްޕެންޝަންގެ ސަބަބުން ނިއު ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރެވުމަކީ ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި، އެ ކްލަބުގެ ބަދަލުގައި ފުރަތަމަ ޑިވިޝަންނަށް ގެންނާނެ ކްލަބަކާ މެދު މިހާރު ގޮތެއް ނިންމުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ ބެލެވެނީ މިދިޔަ އަހަރު ރެލިގޭޓްވި ކްލަބް ވެލެންސިއާ ކަމަށް އެފްއޭއެމްގެ ރައީސް އަދި ވެލެންސިއާގެ ކުރީގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ވަނީ ވިދާޅުވެފައެވެ.