ލިވަޕޫލްގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޖިޕްޓްގެ މުޙައްމަދު ސަލާޙް ގެންދިޔުމަށްޓަކައި ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ކުލަބް ތަކުން މަސައްކަތް ފަށައިފިކަމަށް ރިޕޯޓްތަކުން ބުނަންފަށައިފިއެވެ.

އެގޮތުން ބާސެލޯނާ އާއި ރިއަލް މެޑްރިޑްގެ އިތުރުން ޕީއެސްޖީ މިހާރުވަނީ ސަލާހް ގެންދިއުމަށްޓަކައި ބިޑް ހުށައެޅުމުގެ މަސައްކަތް ފަށާފައިކަމަށް މީޑިޔާގެ ހަބަރުތައް ބުނެއެވެ. އެގޮތުން ސަލާޙް އަށް ނޭމާ ގެންދިޔުމަށްވުރެ ބޮޑު އަގެއް ހުށައަޅާނެކަމަށް ބެލެވެއެވެ. ބާސެލޯނާއިން ޕީއެސްޖީއަށް ނޭމާ ގެންދިޔައީ 198 މިލިޔަން ޔޫރޯއަށެވެ. ސަލާހު ގެންދިޔުމަށް ކުލަބްތަކުން 200 މިލިޔަން ޔޫރޯ ހުށައަޅާނެކަމަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލް ކުރެއެވެ.

ލިވަޕޫލުން ސަލާހް ދޫ ނުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނާބުނުމަށް ކުލަބުތަކުން ބުނަނީ ލިވަޕޫލަށް ކުއަންޓީނޯ ކުލަބްގައި ނުހިފެއްޓުނުއިރު ސަލާޙް ވެސް ލިވަޕޫލަށް ނުހިފެއްޓޭނެ ކަމަށެވެ.

ސަލާހް ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗްގައި އޭނާ ވަނީ ވަޑްފޯޑުގެ ކޮޅަށް ލިވަޕޫލްއިން ޖެހި 5 ގޯލްގެ ތެރެއިން 4 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި މި ސީޒަންގައި ޖަހާދީފައިވާ 36 ގޯލާއެކު ސަލާހު ވެފައިވަނީ މި ސީޒަންގައި ޔޫރަޕްގެ ބޮޑު 5 ލީގްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ވެފައެވެ.

ކުލަބްގެ ކާމިޔާބީގެ އިތުރުން ގައުމަށްވެސް ސަލާހް ވަނީ ބޮޑު ކާމިޔާބީތަކެއް ހޯދަދީފައެވެ. އެގޮތުން ސަލާހުގެ ބޮޑު ހިއްސާއެކާ އެކު ފުރަތަމަ ފަހަރަށް އިޖިޕްޓް ވަނީ މިއަހަރު ކުޅޭ ވޯލްޑްކަޕަށް ކޮލިފައި ވެފައެވެ. އަދި އިޖިޕްޓްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިއަކީވެސް މިހާރު މުހައްމަދު ސަލާހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކުޓީނިއޯ

  ނަން ރަނގަޅަށް ކިޔާބަލަ. ބައްޔެއްނު

 2. ޢާދިލު މޫސާ

  ނަން ރަނގަޅު. އޭނާއަށް ކިޔަނީ މުޙައްމަދު ޞަލާޙު

  • ހުސޭނުބޭ

   ބަރާބަރު. މުޙައްމަދު ޞަލާޙް ޣާލީ

 3. ނިޔާޒް

  1934 1990 ގަ އިޖިޕްޓް ވޯލްޑް ކަޕް ކުޅުނު. އެފްރިކާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުނު ގައުމަކީ ވެސް އިޖިޕްޓް.

 4. ހައިސަމް

  ކުޓީނިއޯ ނަން ނުބައި ވާހަކަ އެބުނަނީ.

 5. ފޭން

  37 ގޯލާއެކު ޔޫރަޕްގެ ލަނޑުލިސްޓްގެ ކުރީގައި އޮތީ ރޮނާލްޑޯ. ޞަލާހް 36 ގޯލް. ޙަޖަމް ޕްލީސް.