މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިއަދު ބައްދަލު ކުރާނީ ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލެވެ.

ކަލާފާނު ސްކޫލް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އިމާދުއްދީން ސްކޫލާއި ވާދަކޮށް މެޗް ނިމުނު އިރުވެސް އެއްވެސް ކޮޅަކަށް ގޯލެޖެހިފައިނުވާތީ ޕެނަލްޓީ ޖަހައިގެން އިމާދުއްދީން ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިސްކަންދަރު ސްކޫލް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް 0-1 އިން ބަލިކޮށްގެންނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗް ހިރިޔާ ސްކޫލާއި ވާދަކޮށް 0-1 އިން ކާމިޔާބްކޮށް މަޖީދިއްޔާ ސްކޫލް މިހާރު ވަނީ ފައިނަލްގެ ޖާގަ އެއް ކަށަވަރުކޮށްފައެވެ. އިއްޔެ ކުޅުނު މެޗްގައި މަޖީދިއްޔާ ސްކޫލަށް ޖަހައިދިން ހަމައެކަނި ލަނޑު މެޗް ފެށިތާ މާގިނައިރެއްނުވެ އެޓީމަށް ޖަހައިދިނީ ޖާޒީ ނަންބަރ 7، އަހުމަދު މައިޝް އެވެ.

މިއަދު ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލް ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގަ އެވެ. މެޗް ކުރިއަށްދާނީ ހެންވެއިރު ދަނޑުގައެވެ.

މި މުބާރާތުގައި މިއަދު ކުޅެގެން މޮޅުވާ ޓީމަކާއި އިއްއެ މޮޅުވެގެން ފައިނަލްގެ ޖާގަ ކަށަވަރުކޮއްފައިވާ މަޖީދިއްޔާ ސްކޫލާއި ދެމެދު ކުޅެވޭ ފައިނަލް މެޗް އޮންނާނީ މާޗް 24 ވާ ހޮނިހިރު ދުވަހު ހަމަ ހެންވޭރު ދަނޑުގައެވެ.