މިއަހަރު ބާއްވަން ކަނޑައަޅާފައިވާ ބޮޑީ ބޯޑިންގެ ތިން މުބާރާތެއް ބާއްވާނެ ސަރަހައްދުތައް އިއުލާން ކޮށް، ސީ ސްޕޯޓްސްއާއެކު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ސީ ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ ރާއްޖެ ބޮޑީބޯޑިންގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އަދި ސީސްޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އަހުމަދު ފައުޒާން އައްބާސް އެވެ.

މިދިޔަ އަހަރުވެސް ފުއައްމުލަކުގައި "އެލައިސް" ގެ ނަމުގައި ކާމިޔާބު މުބާރާތެއް ބާއްވާފައިވާ އިރު، މިއަހަރުގެ މުބާރާތްވެސް ހާއްސަކުރާނީ ޒުވާން ހުނަރުވެރިންނަށް ފަހި ފުރުސަތެއް ހުޅުވާ ދިނުމަށެވެ. އެގޮތުން އެ މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން ދަށުގެ އެތުލީޓުންނަށެވެ. އެ މުބާރާތް އޮންނާނީ އަންނަ މަހު ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުގައެވެ.

މިދިޔަ އަހަރު ފުވައްމުލަކުގައި ބޭއްވި މުބާރާތުގެ ތެރެއިން ---

ކުޑަ އައްޔަ ބުނެފައި ވަނީ އެ މުބާރާތަކީ ހުނަރުވެރި އެތުލީޓުން އުފެއްދުމަށް ފަހި ފުރުސަތެއް ކަމަށާއި، އުންމީދަކީ އެ މުބާރާތުން ހުނަރުވެރި ކުޅުންތެރިންތަކެއް ތައާރަފް ވެގެން ދިޔުން ކަމަށެވެ.

ފުވައްމުލަކުގެ އިތުރުން ދެން މިއަހަރު ބާއްވާ ބޮޑީ ބޯޑިންގެ އަނެއް ދެ މުބާރާތް އޮންނާނީ ލ. އަތޮޅާއި ރ. އަތޮޅު ރަސްމާދޫގައެވެ.

ބޮޑީ ބޯޑިންއަކީ ބައިނަލްއަގުވާމީ ލެވެލްގައި ރާއްޖެއަށް ރީތި ނަން ގެނެސްދީފައިވާ ކުޅިވަރެކެވެ. ހާއްސަކޮށް ސަރަހައްދީ ލެވެލް މުބާރާތްތަކުގައި ދިވެހި ގިނަ އެތުލީޓުންތަކެއް ވަނީ ވިދާލާފައެވެ.

ރާއްޖެ ބޮޑީބޯޑީންއިން އިންތިޒާމުކުރާ މި މުބާރާތްތައް ކުރިއަށްދަނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެއްބާރުލުމާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު