އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ހިދުސްތާން މެރެތަންގެ ފުލް މެރެތަން ބައިގެ އެއްވަނަ ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަހުމަދު ހޯދައިފިއެވެ.

އެންމެ ގިނަ މެރަތަން ޖެހި ދިވެހި އެތުލީޓު ނަސްރު، މިއަދުގެ މެރަތަން އިންޑިއާގެ ހޫނު ގަދަ މާހައުލުގައި ދުވެ ނިންމާލީ ތިން ގަޑިއިރާ، 29 މިނެޓުންނެވެ. އިންޑިއާގެ މިއަދު އާދަޔާ ހިލާފަށް ހޫނު ގަދަވެފައިވާ އިރު، ދިއްލީގެ ހޫނުމިން މިއަދުވެސް ހުރީ 35 ޑިގްރީ ސެލްސިއެސްގައެވެ.

ސިފައިންގެ ތެރެއިން އެކިއެކި އެތުލެޓިކްސް މުބާރާތްތަކުގެ ތެރެއިން ދުވުމުގެ ތެރެއަށް ތައާރަފް ވެގެން ދިޔަ ނަސްރުއަކީ މިހާރު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދިގު ދުވުންތެރިޔާއެވެ. އަދި އޭނާއަކީ އެކިއެކި ގޮތްގޮތުން ކޯޗުކަން ކުރާ އެތުލީޓެއް ކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުވެސް ހިންދުންތާން މެރަތަން ކުރިއަށް ގެންގޮސްފައިވާ އިރު، އެ ދުވުމުގައި ބައިނަލްއަގުވާމީ ގިނަ ދުވުންތެރިންތަކެއް ބައިވެރިވެފައިވެއެވެ.