މެންޗެސްޓާ ޔުނައިޓެޑްން 100 މިލިއަން ޕައުންޑް (ކްލަބް ރިކޯޑް) އަގެއްގައި ޑޯޓްމަންޓްގެ ޖޯޑަން ސަންޗޯ ގެންނަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަންޗޯއަކީ އިންގްލޭންޑް ގައުމީ ޓީމްގެ މެދުތެރެއަށް ކުޅެމުން އަންނަ ގިނަ ޓީމް ތަކުން ބޭނުން ވެފައިވާ ކުޅުންތެރިއެކެވެ. މި ސީޒަންގައި އޭނާ ވަނީ ކުޅުނު 27 މެޗްގައި 8 ގޯލްޖަހައި 13 އެސިސްޓް ކޮށްދީފައެވެ. ސަންޗޯ ޑޯޓްމަންޓްއަށް ސޮއިކޮށްފައިވަނީ 8 މިލިއަން ޕައުންޑް އަށް 2017 އޮގަސްޓް މަހުއެވެ.

2022 ގައި ކޮންޓްރެކްޓް ހަމަވާ ސަންޗޯއަށް ވަނީ ޔުނައިޓެޑްއިން 100 މިލިއަން ޕައުންޑްއަށް އަގު ކިޔަންފައްޓާފައެވެ. އެހެންނަމަވެސް ޑޯޓްމަންޓްއަކުން ސަންޗޯ ދޫކޮޤލުމުގެ އެއްވެސް ފުރުސަތެއް އަދި ޕްރެޝަރެއްވެސް ނެތެވެ. އެމީހުން އޭނާ ވިއްކާލަން ބޭނުންވާ ވާހަކައެއްވެސް ދެކެވިފައި ނެތެވެ. އެހެން ކަމުން ޔުނައިޓެޑްއިން ހުށައަޅަން ޖެހޭނީ ޑޯޓްމަންޑް އަށް ނޫނެކޭ ނުބުނެވޭ ވަރުގެ އޮފާއެކެވެ.

މި އަގާއެކު ޔުނައިޓެޑުން ތިބީ އަންނަ ސީޒަންއަށް ޓީމް ވަރުގަދަކުރުމަށްޓަކައި ވަރަށް ބޮޑު އަޒުމެއްގައެވެ. ޔުނައިޓެޑްގެ އިތުރުން ރިއަލްމެޑްރިޑް އަދި ޕީއެސްޖީ އިންވެސް ދަނީ އޭނާގެ ކުޅުން ބަލަމުން ކަމަށް ރިޕޯޓްތަކުން ބުނެެއެވެ.

އެހެން ނަމަވެސް ބެލެވޭ ގޮތުގައި ޔުނައިޓެޑްއަކީ ސަންޗޯއެންމެ ދާނެ ކަމަށް ޔަގީންވެފައި އޮތް ޓީމްއެވެ. ސޮލްސްކާ ގަބޫލު ކުރާގޮތުގައި ސަންޗޯ އެޓީމް އަށް އައިސްފިނަމަ އެޓީމްގެ އެޓޭކިން ވަރުގަދަ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު