ބާސެެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މަރާލާނެ ކަމުގެ އިންޒާރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އައިއެސް އިން ފޮޓޯއެއް އާންމުކޮށްފިއެވެ.

ފޮޓޯސޮޕް ކޮށްފައިވާ އެފޮޓޯއިން ފެންނަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގެ ވިނަ ގަނޑުމަތީގައި މެސީ ބައިންދާ، މެސީ މަރާލުމަށް ތައްޔާރުވާ ކަހަލަ މަންޒަރެކެވެ. އެ ފޮޓޯގައި މެސީގެ ކައިރީގައި މޫނު ނިވާކޮށްގެން ހުރި އައިއެސް ހަނގުރާމަވެރިޔާގެ ކަނާއަތުގައި ބަޑިއެއް އޮތް އިރު އޭނާގެ އަނެއް އަތުން ހުރީ މެސީގެ އިސްތަށިގަނޑުގައި ހިފަހަށްޓައިގެންނެވެ.

އަދި އެ ފޮޓޯއާއި އެކު ވަނީ ވަރުގަދަ އިންޒާރުގެ މެސެޖެއްވެސް ދީފައެވެ. މެސީ ނައްތާލާނެ ކަމަށް އައިއެސް އިން ބުނެފައިވާއިރު މީގެ ކުރިންވެސް އެޖަމާއަތުން ވަނީ މެސީ މަރާލާނެ ކަމުގެ އިންޒާރު އެތަށް ފަހަރެއްގެ މަތިން ދީފައެވެ. މެސީގެ އިތުރުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މަރާލާނެ ކަމުގެ އިންޒާރުވެސް އެޖަމާއަތުން ކުރިން ވަނީ ދީފައެވެ،

މިއަހަރުގެ ވޯލްޑްކަޕް ރަޝިއާގައި ބޭއްވޭއިރު ހައްދު ފަހަނަ އަޅައިފައިވާ އައިއެސް ޖަމާއަތުން މީގެ ކުރިން ވަނީ ރަޝިއާގެ ބައެއް ސިޓީތަކަށް ހަމަލާދީފައެވެ. އެގޮތުން ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އެސްޓީ ޕީޓާސްބާގްއަށް އެ ޖަމާއަތުން ހަމަލާދީ ވަނީ 14 މީހަކު މަރާލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިޔޭ އެއްކަލަ

    ކޮން ފާޑަކަށްތަ ތި އުޅެނީ އައިއްސް (އިސްރާއިލް ސަކްސް އައިމް ޝުއަރ) ޖަމާއަށް. އިސްރާއީލް ވޯލްޑްކަޕް އަށް ކޮލިފައިން ނުވީމަ ހަމަ އެކަމާ ފާޑަކަށް ރޮވިފަ ތި ތިބެނީ. މަބުނަންތަ ކުރަން ސަޅި ކަމެއް؟ އެއްޗެއްގެ ކަރެއް ނުކެނޑިގެން ދޯ ތިއުޅެނީ. ގޮސް ދެތިން ކުކުޅުގެ ކަރު ކަނޑާފަ ބަޓާ ޗިކެން ކޮޅެއް މަލާލަބެ ބްރެޒިލް ތަށި ނަގާތަން ބަލާފަ. އެހާ ފަސޭހަ ކަމެކޭތީ. ކީއްކުރާނީ، މި ކޮމެންޓްވެސް ކިޔަން ނޭގޭނެވިއްޔާ. އެކަންވެސް ކުރަން އުލޭނެ ކަމެއް ނެތް. އަރާ ނިދަން ތިބޭ ވޯލްޑްކަޕް ނިމެންދެން.

    • ނޖފޖޖ

      ?????