ޗެލްސީގެ ފޯވާޑަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގުއައިން އަންނަ ސީޒަންގައި ވެސް އެޓީމްގައި މަޑު ކުރާނެކަމަށް ބުނެފިއެވެ.

ޔުވެންޓަސްގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުންދިޔަ އާޖެންޓީނާގެ އުމުރުން 31 އަހަރުގެ ފޯވަޑް، ގޮންޒާލޯ ހިގުއައިން ޗެލްސީގައި އަންނަ ސީޒަންގައިވެސް މަޑު ކުރާނެ ކަމަށް ބުނެފައި މިވަނީ އޭނާގެ މުސްތަގުބަލާއި މެދު ސުވާލު އުފައްދަމުން ގެންދަނިކޮށެވެ.

ހިގުއައިން ޗެލްސީއަށް ބަދަލުވެފައި ވަނީ 15.6 މިލިއަން ޕައުންޑުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީއަށް ސޮއިކުރުމަށްފަހު ހިގުއައިން ބުނެފައިވަނީ ޗެލްސީއަކީ އޭނާ އަބަދުވެސް ކުޅެން ބޭނުންވާ ކްލަބެއް ކަމަށާއި ޗެލްސީގެ ތާރީހާ ޗެލްސީގެ ސްޓޭޑިއަމްއަކީ އޭނާ އަބަދުވެސް ބަލަމުންދިޔަ ކަންކަން ކަމަށެވެ.

މިދިޔަ ހަފްތާގައި ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފައިވަނީ އޭނާ ފޯމްއަކަށް އެޅެން ވަގުތު ބޭނުންވާ ކަމަށެވެ.

"އަހަރެން ބޭނުން އަންނަ ސީޒަންގައި މަޑުކުރަން އަހަންނަށް ކުރެވުން ވަރަކުން މަސައްކަތް ކުރަން" ހިގުއައިން ބުންޏެވެ.

ހިގުއިން ބުނީ އޭނާ އަހަރެން ޗެލްސީއަށް އައީ މަޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އިނގިރޭސިވިލާތަކީ ހިތްފަސޭހަ ދިރިއުޅުން އަރާމު ގައުމެއްކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ޗެލްސީގައި ހުރީ ވަރަށް އުފަކުން ކަމަށް ވެސް ހިގުއިން އިއްޔެ ވަނީ ބުނެފައެވެ.

ޗެލްސީގެ ވެބްސައިޓްގައި ހިގުއައިން ބުނެފައިވަނީ އޭނާ އަބަދުވެސް އާ ލީގެއްގައި ކުޅެން ބޭނުން ކަމަށާއި ޕްރިމިއާ ލީގަކީ އޭނާ އަށް އާ ލީގެއް ކަމަށެވެ.