ޓޮޓެންހަމް ހޮޓްސްޕާއިން ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން ޓޮޓެންހަމް މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުން ސިޓީ ކޮޅަށް ކުރި ހޯދައިގެންނެވެ. ޓޮޓެންހަމްގެ އާ ދަނޑުގައި ކުޅުނު މިމެޗުން މޮޅުވި ކަމުގައިވިއަސް އެޓީމްއޮތީ ގްރޫޕް ބީ ގެ ހަތަރު މެޗުން މޮޅުވެގެން 14 ޕޮއިންޓްގައި އޮތް ބާސެލޯނާއާއި 6 ޕޮއިންޓް ފަހަތުން 2 ވަނައިގައެވެ.

ޓޮޓެންހަމް އިން ރޭގެ މެޗައް ނިކުތީ ސިޓީ ބަލި ކުރުމުގެ ނިޔަތުގައެވެ. ދެން އޮންނަ މެޗްއަކަށް ޓޮޓެންހަމް އަށް އެގްރިގޭޓްގެ ފައިދާ ކުރާނެއެވެ.

މެޗް ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ސީޓީ އަށް ވަނީ މެޗްގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ސްޓާލިން ފޮނުވާލި ބޯޅައެއް ވަނީ ޓޮޓެންހަމްގެ ޕެނެލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ޑޭނީ ރޯޒްގެ އަތުގައި ޖެހިފައެވެ. ރެފްރީ ވަނީ ވީއޭއާރް ބަލާފައި އެއީ ޕެނެލްޓީ އެއް ކަމަށް ނިންމާފައެވެ. ނަމަވެސް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ އަގުއޭރޯ ފޮނުވާލި މި ޕެނެލްޓީ ހިފަހައްޓާފައެވެ.

މެޗްގެ 58 ވަނަ މިނަޓުގައި ހެރީ ކޭން އަށް ލިބުނު އަނިޔާގެ ސަބަބުން މުޅި ޓީމް މާޔޫސްވިއެވެ. ކޭން ގެ ބަދަލުގައި ދަނޑަށް ކުޅެން އަރާފައިވަނީ ލޫކަސް މޯރާއެވެ. މެޗްގެ 78 ވަނަ މިނަޓްގައި ޓޮޓެންހަމް އަށް ލީޑު ނަގާދީފައިވަނީ ސައުތު ކޮރިއާގެ ސަންއެވެ. ސަންވަނީ މި ޗެމްޕިއަންސްލީގުގައި 2 ގޯލްޖަހައިދީފައެވެ. އަދި ޕްރިމިއާލީގުގައި 12 ގޯލް ޓޮޓެންހަމް އަށް ޖަހައިދީފައެވެ.

މި ލީގުގެ ދެވަނަ ލެގުގައި ސިޓީ އިން ޓޮޓެންހަމް އާއި ދެކޮޅަށް ނިކުންނަ އިރު ނަތީޖާ ބަދަލްކުރަން ވަރަށް މަސައްކަތް ކުރަންޖެހޭނެއެވެ.