އެންމެ ފަހުން އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު މެޗްގައި ލިބުނު އަނިޔާއަށް ފަހު ރޮނާލްޑޯ އަލުން ފަރިތަކުރުން ތަކާއި ގުޅިއްޖެއެވެ.

މާޗް މަހުގައި ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ރޮނާލްޑޮ މިރޭ އަޔެކްސް އާއި ދެކޮޅަށް އޮންނަ މެޗްގައި ދަނޑުން ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިއަށް މިދާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަޔެކްސް އާއި ޖުވެންޓަސް ކުޅޭނީ މިރޭ 12 ޖަހާއިރުއެވެ. ރައުންޑް އޮފް 16 ގައި އަޔެކްސް އިން ވަނީ ރެއާލްމެޑްރިޑާއި ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޖުވެންޓަސް އިން ވަނީ އެތްލިޓިކޯ މެޑްރިޑާއި ކުޅެ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޖުވެންޓަސް މިރޭ އަޔެކްސްގެ ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވަނީ އަޔެކްސްގެ ދަނޑުގައެވެ. މި މެޗްއަކީ މި ދެޓީމް މި ސީޒަންގައި ކުޅޭ ފުރަތަމަށް މެޗައް ވެފައިވާ އިރު އަޔެކްސް އިން ދަނީ ރޮނާލްޑޯ އަށް ލިބިނު އަނިޔާ އާއި މެދު ސުވާލު އުފައްދައި އޭނާ ދަނޑު މަތިން ފެނިގެން ހިންގައިދާނެތޯ ސުވާލު ކުރަމުންނެވެ.

ރޮނާލްޑޯ މިހާރު އަންނަނީ ޓީމްގެ ފަރިތަކުރުން ތަކާއި ގުޅި މިރޭ އަޔެކްސްގެ ދަނޑުގައި ކުޅޭ މެޗްގައި އޭނާ ދަނޑު މަތިން ފެނިގެން ދާނެ ކަމަށް އުއްމީދު ކުރަމުންނެވެ.

ރޮނާލްޑޯ ވަނީ އޭނާ ރިއަލް އިން ޖުވެންޓަސް އަށް ބަދަލުވި ފަހުން ހުރިހާ މުބާރާތްތަކެއްގައި މުޅިއެކު 24 ގޯލު ޖަހާދީފައެވެ.