މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިން، ބާސެލޯނާގެ ތަރި ލިއޮނަލްމެސީ ހުއްޓުވަން ތައްޔާރަށް ހުރި ކަމަށް ބުނެފިއެވެ.

ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާއި ޔުނައިޓެޑް ބައްދަލު ކުރާ މެޗަށް ދެ ޓީމުން ވެސް ވަނީ ތައްޔާރުވެފައެވެ. ޔުނައިޓެޑުން އޮތީ ބާސެލޯނާއަށް އެޓީމްގެ ދަނޑުން މަރުހަބާ ކިޔުމަށް ކެއްމަދު ވެފައެވެ. އަދި ސްމޯލިން ބޭނުން ވަނީ އޭނާ ކުރި ޗެލެންޖް ފުރިހަމަ ކޮއްލާށެވެ.

ސްމޯލިން ވަނީ ސޮލްސްޖާ ކޯޗް ކަމާއި ހަވާލު ވިފަހުން ފުރަތަމަ 11 އިން ޖާގަ ލިބިފައެވެ. އޭނާ ހުރީ މެސީ ހިފެހެއްޓުުމަށް ތައްޔާރަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

"އެއީ އަހަރެން ހިތްހަމަ ޖެހޭ ކަމެއް. މި ސީޒަންގައި އަހަރެންނަށް ރޮނާލްޑޮ އަދި އެމްބައްޕޭ އާއި ވެސް ވާދަކުރެވޭނެ. އަހަރެން ބުނާނީ މެސީ ކާރީގަވެސް ވާދަކުރާނަމޭ" ސްމޯލިން ބުންޏެވެ.

ސްމޯލިން މިހެން ބުނިނަމަވެސް ޔުނައިޓެޑްގެ ކޯޗް ސޮލްސްޖާ ބުނެފައިވަނީ މެސީ ހުއްޓުވުމަކީ އެޓީމަށް ވަރަށް އުނދަގުވާނެ ކަމެއް ކަމަށެވެ.

"ރޮނާލްޑޯ، އެމްބައްޕޭ އަދި ހަޒާޑް މެންނާއި ކުޅެވުނަސް މެސީ ހުއްޓުވަން ކޮންކަހަލަ ޕްލޭނެއް އިނީ؟ މެސީގެ މޮޅުކަމާއި ހުނަރުވެރިކަމުން އޭނާ ފެނިގެން ދާނީ މާޒީގައި ފެނުން އެންމެ ހުނަރު ވެރި ކުޅުންތެރިއާގެ ގޮތުގައި” ސޮލްސްޖާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ މެސީ ހުއްޓުވަން އުނދަގޫ ވާނީ ހަމަ އެކަނި ދަނޑުމަތިން ފެނިގެން ދާނީ މެސީ ނޫން ކަމަށާއި، ދަނޑުމަތިން 11 ކުޅުންތެރިންނަށް ނަޒަރު ހިނގަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އެއޮތީ ނޭފަތް ދުއްވާލާފައެއްނު، އެއީ މެސީ ހުއްޓުވަން ކުރެވޭނެކަމަކީ، އަނިޔާކުރުން، ކުޅެގެން މެސީއެއް ހުއްޓުވައެއްނުލެވޭ.