އޭ އެފްސީ އޭޝިއަން ކަޕް ކުއަލިފައިންގައި މާޗް 27 ވާ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ ގައުމީ ޓީމް ބޫޓާނާއި ދެކޮޅަށް ނުކުންނާނެއެވެ.

ރާއްޖެއާއި ބޫޓާން އާއި އެކުގައި ގުރޫބް ޑީގައި ދެން ހިމެނިފައިވަނީ އޮމާން އާއި ފަލަސްތީނެވެ. މި ގުރޫޕްގައި ރާއްޖެ އޮތީ އެންމެ ތިން ޕޮއިންޓާއެކީ ތާވަލްގެ ތިންވަނައިގައެވެ. ކޮލިފައިން މި ބުރުގައި ރާއްޖެ މޮޅުވެފައިވަނީ އަދި އެއްމެ މެޗަކުންނެވެ. އެއީ ބޫޓާންގައި ކުޅުނު މެޗުން 0-1 އިން ކާމިޔާބް ކުރި މެޗެއެވެ. މި ކޮލިފައިން ބުރުގައި ފަލަސްތީނުން ވަނީ ރާއްޖެ ކޮޅަށް އެއް މެޗެއްގައި 8 ގޯލްޖަހައިފައެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފަލަސްތީން އޮތީ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮމާން އޮތީ ކުޅުނު 5 މެޗްގެ ތެރެއިން 4 މެޗުން މޮޅުވެ 12 ޕޮއިންޓާއެކީގައެވެ. ގުރޫޕްގެ އެންމެ ފުލުގައި ބޫޓާން އޮތީ ކުޅުނު ހުރިހާ މެޗުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މިއީ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކުގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗް ކަމުން ރާއްޖެ އާއި މި ކޮލިފައިން ގުރޫޕްގައި އޮތް އޮމާން އާއި ދެމެދު 9 ޕޮއިންޓްގެ ތަފާތު އޮތުމުން ރާއްޖެ ބޫޓާނާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗްގައި ރާއްޖެއިން ކިތަންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ނަމަވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތެއް ރާއްޖެއަކަށް ނުލިބޭނެއެވެ.

ނަމަވެސް ރާއްޖޭގެ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅޭ މިމެޗުން ރާއްޖެ މޮޅުވުމަކީ ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ އެންމެންގެ އުއްމީދަކަށް ވާނެއެވެ. އަދި ރޭންކިންގ ރަނގަޅު ކުރުމަށްވެސް މިއީ މުޙިއްމު މެޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަރީމް

    ބޫޓާންތަ..؟؟؟ އަސްފާގު ވ ފޯރިލާފަ ކުޅޭނެ އެހެންވިއިރު.. ވަރުގަދަ ބަޔަކާ އެކު ވެއްޖިއްޔާ ވ އަވަހަށް އެންޖަރީ އެ ބުނެ ޒިންމާ ރެކޭނެ..