އަޔެކްސްގެ ތަފާތު ކުޅުމާއެ، ޔުވެންޓަސްއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޗެމްޕިއަންސް ލީގު އުންމީދުތައް ފުނޑުފުނޑު ކޮށްލައިފިއެވެ.

ފުރަތަމަ ލެގުގައި ޔުވެންޓަސްއިން އަވޭ ގޯލަކާއެކު 1-1އިން އެއްވަރު ކޮށްފައި އޮތް ނަމަވެސް، އަޔެކްސްއިން ވަނީ ޔުވެންޓަސްގެ ދަނޑުގައި 2-1ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށްފައެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ސަޕްރައިޒް ޓީމަކީ އަޔެކްސްއެވެ. ގަދަ 16ގައިވެސް އެޓީމުގެ ޒުވާން ޓީމުގެ ހުނަރު ދައްކާލިއެވެ. އެންމެފަހުން ތިން އަހަރުގެވެސް ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް، އަޔެކްސްއިން ކުއާޓާއަށް ދިޔަ އިރު، އެޓީމުގެ ޒުވާން ކުޅުންތެރިން ވަނީ ހޯމްގައިވެސް މުހިއްމު ނަތީޖާއެއް ހޯދާފައެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ރަސްކަން ކުރަމުން އަންނަ ޔުވެންޓަސްގެ ތަރި ރޮނާލްޑޯއާ އިދިކޮޅަށް ފުރަތަމަ ލެގުގައި ކުޅެ، އަޔެކްސްއިން ނިންމާލީ 1-1ގެ ނަތީޖާއަކާ އެކުގައެވެ.

އަޔެކްސްއިން އެންމެފަހުން 1997 އަހަރު ޗެމްޕިއަންސް ލީގުގެ ސެމީއަށް ދިޔަ އިރު، ޔުވެންޓަސްއަކީ މިދިޔަ 10 އަހަރުގައިވެސް ޔޫރަޕްގައި އެންމެ ކާމިޔާބު އެއް ކްލަބެވެ. ފަސް އަހަރު ތެރޭ ދެފަހަރަށް ފައިނަލް ކުޅެފައިވާ އިރު، މި ސީޒަނަށް ރޮނާލްޑޯ ގެންގޮސްފައި ވަނީ ސީދާ ޗެމްޕިއަންސް ލީގު ޔަގީން ކުރުމަށެވެ.

މެޗު ފެށިގެން އަޔެކްސްއިން ކުދި ޕާސްތަކަށް ސަމާލުކަން ދިން އިރު، ޔުވެންޓަސްއިން ބެލީ އޭރިއާ ތެރެއަށް ބޯޅަ ހުރަސް ކޮށްލެވޭނެ ގޮތަކަށެވެ. ރޮނާލްޑޯގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް އެޓީމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވެސް ވާތީއެވެ. މެޗުގެ ކުރީ ކޮޅުން ފެށިގެންވެސް ރޮނާލްޑޯގެ ނުރައްކާ ފެނިގެންދިޔައެވެ.

މެޗުގެ ކުރީކޮޅުގައި ޔުވެންޓަސްއަށް ލިބުނު ކޯނަރަކުން ރޮނާލްޑޯ ލީޑުވެސް ނަގައިދިނެވެ. އޭރިއާ ތެރެއަށްވަދެ، ރޮނާލްޑޯ ބޮލުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލްގެ ތިރީ ކަނަށެވެ. ރޮނާލްޑޯގެ ގޯލަށް އަޔެކްސްއިން ރައްދުދީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރިއެވެ. ދެވަނަ ހާފަށް ނުކުތުމުގެ ކުރިން އަޔެކްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮނީ ވެންޑާ ބީކެވެ. ފުރުސަތު ތަނަވަސް ކޮށްދިނީ ޒިޔަޗްއެވެ.

ދެވަނަ ހާފަށް ނުކުމެ އަޔެކްސްއިން ތަފާތު ދެއްކިއެވެ. ކުދި ޕާސްތަކާއެކު އެޓޭކް ފުރިހަމަ ކުރިތަން ފެނިގެންދިޔައެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ޔުވެންޓަސްގެ ގޯލްކީޕަރު ޝެޒްނީ ދެ ހަމަލާއެއް މަތަކުރި އިރު، އަޔެކްސް ދިޔައީ ނުރައްކާތެރި ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ. ރީތި ކުދި ޕާސްތަކާއެކު ހަލުވި ކުޅުމެއް ކުޅެމުންދިޔަ އަޔެކްސް ހުއްޓުވުމަށް ޔުވެންޓަސްއަށް ނުކުޅެދުނެވެ.

އަޔެކްސްގެ ވަރުގަދަ ކުޅުމުގެ ނަތީޖާ ލިބުނީ 67 ވަނަ މިނެޓުގައެވެ. އަޔެކްސްގެ ކޯނަރު، ގޯލަށް ވައްދާލީ ކެޕްޓަން ޑިލިޓެވެ. ޑިލިޓްގެ ގޯލާއެކު އަޔެކްސްއިން އުންމީދު އާކުރިއެވެ. 1997 ވަނަ އަހަރަށްފަހު އަޔެކްސްއިން ފުރަތަމަ ފަހަރަށް ސެމީއާ ދިމާއަށް މިސްރާބު ޖެހިއެވެ.

މެޗުގެ ފަހުކޮޅުގައިވެސް ގަދައަށް ކުޅުނީ ޔުވެންޓަސްއަށެވެ. އަޔެކްސްއިން ކުޅުނު ހަލުވި ކުޅުމާއެކު ޔުވެންޓަސްއަށް މާ ބޮޑު ހަމަލާއެއް ނުއުފެއްދުނެވެ. ރޮނާލްޑޯއާއި ޔުވެންޓަސް، ޗެމްޕިއަަންސް ލީގުގެ ތަށްޓަށް ކުރަމުންދިޔަ އުންމީދަށް ނިމުން ގެނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ސަޕްރައިޒް ޓީމަކީ ޔުވެންޓަސްއެވެ. ގަދަ 16ގައިވެސް އެޓީމުގެ ޒުވާން ޓީމުގެ ހުނަރު ދައްކާލިއެވެ. އެންމެފަހުން ތިން އަހަރުގެވެސް ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް
    މީކޮން ގޮރެކޭކިޔާ ބީތާއެއް

    5
    1
  2. ލަދުން ބޯހަލާކު

    ރިއާލް މެޑްރިޑް ބަލިވީމަ ލަދުގަންނަވާލީ. ޚަބަރުތައް ލިޔާއިރުވެސް އެއްކޮޅަށް ބުރަވެފަ. ޕެނާލްޑޯ ހުއްޓަ އެދިޔައީ ޔުވެންޓަސް ކަޓާގެން. ދެން މިހާރު ލިޔާނެ އަޔެކްސް ޓީމް މޮޅުކަމުންނޭ ހަމަ އެމޮޅުވީ.

    6
    3
  3. ސާމިޔާ

    އެކޮއެ ދެރަނުވޭ .. ވީ ލަވް ޔޫ އެންޑު ޔޫ އާރ ދަ ބެސްޓް އޮފް ދަ ވޯލްޑް . ލޯބިވާއަށްވުރެން މޮޅުކުޅުންތެރިއެއްނެތް ، ތިޔައީހަމަބެސްޓް .

    4
    4
  4. މ

    މިހިރިިިސ