ސްޕެއިންގެ ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ދުވަހަކުވެސް ނުދާނެ ކަމުގައި އެ ކުލަބުގެ ކެޕްޓަން އަދި ސްޕެއިންގެ ތަރި އަންދްރެސް އިނިއެސްޓާ ބުނެފިއެވެ.

އިނިއެސްޓާ އެހެން ބުނެފައިވަނީ ބާސެލޯނާ ދޫކޮށް އެނާ އެހެންް ކުލަބަކަށް ދާން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ސްޕެއިންގެ ނޫހެއްކަމުގައިވާ އެލް ލާގުއެރޯ އަށް ދިން އިންޓަވިޔުއެއްގައި އިނިއެސްޓާ ބުނެފައިވަނީ ބާސެލޯނާއާއި ދެކޮޅަށް ކުޅުމަކީ އޭނާއަށް ދުވަހަކުވެސް ވާނެ ކަމެއް ނޫންކަމަށާއި ބާސާ ދޫކޮށް އެހެން ކުލަބަކަށް ނުދާނެ ކަމުގައެވެ.

" އަހަރެން ބާސެލޯނާއާއި ދެކޮޅަށް ކުޅެން އެހެން ކުލަބަކަށް ދުވަހަކުވެސް ނުދާނަން. އެއީ އަހަންނަށް ވާނެ ކަމެއް ނޫން" އިނިއެސްޓާ ބުނެފައިވެއެވެ.

އަދި ބާސެލޯނާއަކީ އޭނާ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ނުދާން ނިންމީ ބާސެލޯނާގައި ހުރެގެން ހޯދޭނެ ކާމިޔާބީތަށް ގިނަވީމައި ކަމަށް އިނިއެސްޓާ ބުނެފައިވެއެވެ. އަދި ވަރަށް ގިނަ ހިޔާލުތަށް އޭނާގެ ސިކުނޑީގައި އެބުރެމުންދާ ކަމަށާއި އަދި ވަރަށް ރަގަނޅު ހުށައެޅުންތަށް ލިބެމުން އަންނަކަން ފާހަގަކުރަމުން އިނިއެސްޓާ ބުނީ ބާސެލޯނާގައި ކުޅޭއިރު ލިބޭ ހިތްހަމަ ޖެހުން އެހެން ކުލަބަކާއި އެކު ކުޅޭއިރު ނުލިބޭނެ ކަމަށެވެ.

2010 ވަނަ އަހަރު ސްޕެއިންނާއި އެކު ވޯލްޑްކަޕްގެ ތަށިވެސް އުފުލާލާފައިވާ އިނިއެސްޓާ އަކީ ކުލަބު ފެންވަރުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ހުނަރުވެރި ކުޅުންތެރިއެވެ.

އަދި ވޯލްޑް ކަޕަކީ އޭނާގެ ޤައުމީ ޓީމަށް ކުޅެދޭނެ އެންމެ ފަހު މުބާރާތް ކަމުގައިވެސް އިނިއެސްޓާ ބުނެފައިވެއެވެ. ސަބަބެއް ކަމުގައި އިނިއެސްޓާ ބުނެފައިވަނީ އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު