ސައުތް ކޮރެއާ އަދި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑްކަޕްގައި އެންމެން ހެއްވާލި ތަފާތު "ހެއާ ކަޓް" ނެގި ސަބަބު ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ހާމަކޮށްފިއެވެ.

އޮސްޓްރޭލިއާގެ ނޫހަކަށް މައުލޫމާތު ދެމުން ރޮނާލްޑޯ ބުނީ އޭނާ ހެއަރ ކަޓް ނަގަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ވޯލްޑް ކަޕްގެ ކުރިން އޭނާއަށް ވި ބޮޑު އަނިޔާގެ ސަބަބުން ސަޕޯޓަރުންގެ ހިތްތަކަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވައިދިނުމަށް ކަމުގައެވެ.

އަދި ރޮނާލްޑޯ ބުނީ ހެއާ ކަޓް ނަގަން ވިސްނީ އޭނާ އަށް ލިބުނު އަނިޔާގެ ވާހަކަ ދެއްކުން މަޑު ޖައްސާލުމަށްފަހު ހެއާ ކަޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ބޭނުންވާތީކަމުގައެވެ. އަދި ހެއަރ ކަޓްގެ ސަބަބުން ކުޅެން ފަސޭހަވި ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. ނަމަވެސް އޭނާ އެ ހެއަރ ކަޓް ނެގީ ހިތާ ދެކޮޅަށް ކަމަށް ރޮނާލްޑޯ ބުންޏެވެ.

ނިތްކުރި މަތިން ބޮލުގައި އިސްތަށިކޮޅެއް ބެހެއްޓުމަށް ފަހު ބޮލުގެ އެހެން ހުރިހާ ތަނެއް ބާލައި އެންމެން އާޝޯހުކޮށްލި ރޮނާލްޑޯގެ ހެއަރ ކަޓާއި އެކު ބްރެޒިލުން ވަނީ 2002 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މީގެ 16 އަހަރު ކުރިން ކުޅެވުނު ފައިނަލް މެޗުގައި ބްރެޒިލް ވާދަކުރީ ޖަރުމަނާއެވެ. އެ މެޗު އެޓީމުން ކާމިޔާބުކުރީ ރޮނާލްޑޯގެ ދެ ލަނޑާއެކު 0-2 ގެ ނަތީޖާއަކުންނެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފައިވާ ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިޔޭ އެއްކަލަ

    އެއް ކުޅުންތެރިއެއް ނޫން. އެންމެ މޮޅު ކުޅުންތެރިއާ އެއީ