ޗައިނާއާއި ބެހޭ މައުލޫމާތު އޭނާ ކައިރިން ރޮނާލްޑޯ ހޯދި ކަމަށް ބްރެޒިލް އަދި ޕޯޗްގަލް އަށް ކޯޗްކަން ކޮއްދީފައިވާ ލުއިސް ފިލަޕޭ ސްކޮލާރީ ބުނެފިއެވެ.
ރޮނާލްޑޯ އަށް ކޯޗްކަން ކޮއްދީފައިވާ ރޮނާލްޑޯއާއި ގާތް ގުޅުމެއް އޮންނަ ސްކޮލާރީ މިހެން ބުނީ ދާދި ދާދިފަހުން ބްރެޒިލްގެ ނޫހަކަށް ދިން މައުލޫމާތެއްގައެވެ. ސްކޮލާރީ ވަނީ ޗައިނާގެ ގުއަންޒޫ އެވަގްރާންޑަން ކިޔާ ޓީމަކަށްވެސް ކޯޗްކަން ކޮއްދީފައެވެ.
ބްރެޒިލްގެ ނޫސްތަކަށް މައުލުމާތުދެމުން ސްކޮލާރީ ބުނީ "އެއީ ތެދެއް. ރޮނާލްޑޯ އަހަރެން ގާތުން ޗައިނާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދި. އަހަރެން އޭނާއަށް ޗައިނާ ކަމުދާނެ ވަރަށް ގިނަ ވާހަކަތައް ކިޔާދިނިން. ރޮނާލްޑޯ އަކީ ބްރޭންޑެއް. އޭނާއަށް ޗައިނާގައި ކާމިޔާބުވާނެ ކިތަންމެ ވާހަކަތަކެއް އަހަރެން ވާނީ ކިޔާދީފައި،" އެވެ.
ސްކޮލާރީ މިހެން ބުނެފައި މިވަނީ މުސާރައިގެ މައްސަލައިގައި ރޮނާލްޑޯއާއި ރިއަލް މެޑްރިޑާއި މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑުފެތުރިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކޮއްލެވެއެވެ. ސްޕެއިންގެ ބައެއް ނޫސްތަކުން ރިޕޯޓްކޮއްފައިވާ ގޮތުގައި މުސާރަ ބޮޑު ނުކުރި މައްސަލައިގައި ރޮނާލްޑޯ ހުރީ ރިއަލް މެޑްރިޑް ދޫކޮށްލާ ކަހަލަ ވިސްނުމެއްގައެވެ.
ބްރެޒިލްގެ ބައެއް ނޫސްތަކުން ސްކޮލާރީ އާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ޕީއެސްޖީގައި މިހާރު ހުރި ނޭމާ ރިއަލް މެޑްރިޑަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ރޮނާލްޑޯ ޗައިނާ އަށް ވިއްކާލައިގެން ލިބޭނެއެވެ. ޗައިނާގެ ކުލަބަކުން ދާދި ފަހުން ރޮނާލްޑޯގެ އެޖެންޓާ ބައްދަލުކޮށް 300 މިލިއަން ޔޫރޯއަށް ރޮނާލްޑް ގެންދަން ބޭނުން ވާކަމަށް ނޫސްތަކުގައި ރިޕޯޓްކޮއްފައިވެއެވެ،
އެންމެ 300 ޔޫރޯ އަށް ވެސް ވިކޭ ސޮރެއް ދޯ މިއީ. ޗީޕް ގާއި
ކިކި