19 އަހަރުން ދަށުގެ އޭސީސީ ވެސްޓާން ރީޖަން ކްރިކެޓް މުބާރާތުގައި ބައިވެރިވުމަށް މަދު ފަރިތަކުރުން ތަކަކާއި އެކީ ދިވެހި ގައުމީ ޓީމް ދުބާއީއަށް ފުރައިފިއެވެ.

ލަންކާގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ދިވެހި ގައުމީ ކްރިކެޓް ޓީމަށް ވަނީ ގިނަ ޕްރެކްޓިސްތައް ގެއްލިފައެވެ. އެހެން ނަމަވެސް ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް މި ހާދިސާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ. ގިނަ އަދަދެއްގެ ދިވެހިން ދިިރިއުޅޭ އަވައްޓެރި ސްރީލަންކާގެ ޗާޗް ތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 359 މީހުން މިހާތަނަށް މަރުވެފައިވެއެވެ. ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

އަފްލާހް ވިދާޅުވެފައިވަނީ ބޮމުގެ ހަމަލާދިން ވަގުތު ކޮލޮމްބޯގެ ޓުއާއަކަށް ދިޔުމަށް މަގުމަތީގައިތިބި 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓު ޓީމު އެގައުމުގެ ފުލުހުންގެ އެހީތެރި ކަމާއެކު އެނބުރި ހޮޓަލަށް ގެންދިޔަކަށެވެ. އަދި އެދުވަހަކީ ރެސްޓް ދުވަސް ކަމަށް ވެފައި ހުރިހާ ކުދިން ޝޮޕިންއާށާއި ޓުއާއަށް ދާން ތިބީ ކެއްމަދު ވެފައި ކަމަށް އަފްލާހް ވިދާޅުވެފައިވެއެވެ.

ޔޫއޭއީގައި މި މަހު 26 ގައި އޮންނަ 50 އޯވަރުގެ މުބާރާތުގައި ޖުމްލަ 8 ގައުމަކުން ވާދަކުރާނެއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. ޓީމް ތަކަށް ބާލާއިރު ހިމެނެނީ ކުވައިތާއި އޮމާން އަދި ގަތަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަރީމް

    19 އަހަރުންދަށުގެޓީމް ތިޔަމުބާރާތުގައިކުޅެނީ ޖޯޒީގައި އިންޑިޔާދިދަޖަހައިގެން ބައެއްކުޅުންތެރިންބުނާގޮތުގަ އެމީހުން ތަމްސީލުކުރަނީ ކޮންގައުމެއްކަން އޮޅޭހިސާބައްގޮސްފިކަމައް