މިނިވަން ޗެންޕިއަންޝިޕްގައި އެއްވެސް މެޗްއަކުން ބަލިނުވެ ފައިނަލްއަށް ދަތުރު ކުރުމުން، ރ.މީދޫގެ ފުޓްބޯޅަ ޓީމަށް ފިނިފެންމަލުން މަރުޙަބާ ކިޔައިފިއެވެ. ފިނިފެންމަލުން މަރުޙަބާ ކިޔާފައިވަނީ ކުޅުންތެރިންގެ މައިންނެވެ.

އެކުވެރި ކަމުގެ ލާމަސީލު ނަމޫނާއެއް އަބަދުވެސް ދައްކަމުން އަންނަ މީދޫގެ ފުޓްބޯޅަ ޓީމް އެއްވެސް މެޗަކުން ބަލިނުވެ ފައިނަލްއަށް ދަތުރު ކުރުމާ ގުޅިގެން ފިނިފެންމަލުން މަރުޙަބާ ކިޔުމުގެ އިތުރުން އިތުރު ޙަރަކާތްތަކެއްވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިގޮތުން ފުރަތަމަ ކަމަށް އިއްޔެ ހަވީރު ވަނީ އެރަށު ކަނބަލުން އިސްނަގައިގެން ރަށުގައި ސައިކަލު ބުރެއް ބާއްވާފައެވެ. އަދި ރ.މީދޫ ފުޓްބޯޅަ ޓީމް ޕުރެކްޓިސް ކުރާ ސަރަހައްދަށް ގޮސް ސަޕޯޓަރުންނަށް ސަޕޯޓްދިނުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ފަހު އިވެންޓެއްގެ ގޮތުން ފުޓްބޯޅަ ކުޅުންތެރިން ޕުރެކްޓިސް ނިންމާލި ގަނޑިޔާ ދިމާކޮށް ސަޕޯޓާރުންގެ ބޭންޑްވަނީ ފުޓްބޯޅަ ޓީމްގެ ބައިވެރިން ރަސްމީ އިއްޒަތުގައި ގެންގޮސްފައެވެ. އަދި މީދޫގެ ރައްޔިތުންގެ ފަރާތުން ކުޅުންތެރިނަށްވަނީ ޚާއްސަ ސަޔެއް ތައްޔާާރުކޮށްފައެވެ. މި ހަރަކާތްތަށް ނިންމާލާފައިވަނީ ޓީމުގެ ކުޅުންތެރިންގެ މަންމައިން އެކަނބަލުންގެ ދަރިންނަށް ދިން ފިނިފެންމަލަކުންނެވެ.

މީދޫއިން "ވަގުތު"އާއި ވާހަކަ ދެއްކި މީހެއް ބުނެފައިވަނީ މިފަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ތަށި ﷲގެ އިރާދަފުޅުން މީދޫއިން ކާމިޔާބު ކުރާނެ ކަމަުގެ ފުރިހަަމ ޔަގީންކަން އެބައޮތްކަމުގައެވެ.

"2015 ވަނަ އަހަރުން ފެށިންގެން މިނިވަން ޗެންޕިއަންޝިޕްގައި މީދޫގެ ފުޓްބޯޅަ ޓީމް މިދަނީ ބައިވެރިވަމުން. އަދި އެންމެ މެޗަކުން ބަލިވެފައިވަނީ އެއީ މިދިޔަ އަހަރުގެ ފައިނަލް މެޗް. ދެން އެހެންނޫނީ އެއްވެސް މެޗަކުން އަދި މިޓީމް ބަލިބެފައެއް ނެތް. ﷲ ގެ އިރާދަފުޅުން މިފަހަރުގެ ތަށި ކާމިޔާބު ކުރާނީ އަޅުގަނޑުމެން." މީދޫ ފުޓްބޯޅަ ޓީމުގެ ސަޕޯޓަރުންގެ މެނޭޖަރު އިބްރާހިމް ސައީދު ވިދާޅުވިއެވެ.

މިއަދުގެ މެޗް 4 ޖަހާާއިރު މީދޫގެ ދަޑުގައި ކުރިޔަށް ދާއިރު، މެޗްގައި ވާދަކުރަނީ އުނގޫފާރާއި މީދޫއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    މީދޫ އަކަށް ނުލިބޭނެ ތަށްޓެއް

    • މީޙާ

      ތަށި އެހެރީ މީދޫގަ.ދެން މޮޔަވޭ

  2. ފޮގްބާ ބޭބެ

    ފޮގްބާ އެ އޮތީ މީދޫ މޮޅުވެފަ