އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަނާއި ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ހިންގާ ނެޓްބޯޅަ އަމް ޕަޔަރިންގ ކޭމްޕެއްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިއަންނަ އޭޕްރީލް މަހުގެ 12 އިން 15 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ކިޔަވައިދެއްވާނީ އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަނުގައި ކިޔަވައިގެން ތިބި އެކަމުގެ ތަޖުރިބާ ހުރި ފަރާތްތަކެވެ. މި ކޭމްޕް ކުރިއަށް ގެންދާނީ މާލޭގައެވެ.

ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ނެޓްބޯޅަ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން ބައިވެރިވާން އެދޭ ހުރިހާ ފަރާތްތަކުން ވެސް އެފަރާތެއްގެ ވަނަވަރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ މިއަންނަ އޭޕްރީލް މަހުގެ 3 ވާ އަންގާރު ދުވަހުގެ 14:00 ގެ ކުރިން އެބޭފުޅުންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވައި ދެއްވުމަށް ވަނީ އެދިފައެވެ.

ނެޓްބޯޅަ އަކީ މިހާރު މާލޭގެ އިތުރުން އަތޮޅުތެރޭ ރަށްރަށުގައި ވެސް ވަރަށް ފޯރިއާއެކު ކުޅެވެމުންދާ އަދި ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވާއިރު ނެޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދަނީ މިކަހަލަ ހަރަކާތްތަކުގެ އިތުރުން އެކި އެކި އުމުރުފުރާއަށް ދެޖިންސް ހިމެނޭގޮތަށް ނެޓްބޯޅަ މުބާރާތްތަށް ބާއްވަމުންނެވެ.