ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމުތަކުން ކުޅޭ އެކުވެރިކަމުގެ މެޗުތަށް މާދަމާ ރެ އާއި އަންގާރަ ދުވަހުގެ ރޭ ކުޅޭނެއެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކަށް ބަލާލާއިރު ފުޓްބޯޅައަށް ލޯބިކުރާ މީހަކު ނުބަލާ ދޫކޮށްލާނެ އެންމެ މެޗެއްވެސް ނެތެއެވެ. އަންގާރަ ދުވަހުގެ ރޭގައިވެސް ހުރީ ހަމަ އެފަދަ މެޗްތަކެކެވެ. އެހާވެސް ފޯރިގަދަ އަދި ވާދަވެރި ޓީމްތަކެއް ބައްދަލުކުރާ މެޗްތަކެކެވެ. ވޯލްޑްކަޕްގެ ކުރިން ޓީމް އެކުވެގެން ކުޅޭ މި މެޗްތަކުގައި ގައުމީ ޓީމަށް ހޭނުމަށް މަސައްކަތްކުރާނެއެވެ. އަދި މި މެޗްތަކުން އެ ޓީމްގެ ކުޅުންތެރިންގ ޓީމަށް ހޭނިފައި ނުވަތަ ޓީމްގައި ދައްކުވައިދޭ ކުޅުން ފެނިގެންދާނެއެވެ.

މިގޮތުން ހުކުރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މެޗްތަކުގެ ތެރޭގައި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗާއި މިއަހަރުގެ ވޯލްޑް ކަޕްގެ ތައްޓަށް އެންމެ އުންމީދުކުރާ އާޖެންޓީނާއާއި އިޓަލީ ބައްދަލުކުރާ މެޗާއި ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށްވާ ފުރާންސާއި ކޮލޮންބިއާ ބައްދަލުރާ މެޗު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް ނެދަލޭންޑްސާއި ސްޕެއިން އަދި މެކްސިކޯ އާއި މިދިޔަ ވޯލްޑްކަޕްގައި ތަފާތު ކުޅުމެއް ދެއްކި އައިސްލޭންޑު ކުޅޭ މެޗްތައްވެސް އޮތީ މާދަމާ ރޭގައެވެ.

މީގެ އިތުރުން މިއަންނަ އަންގާރަ ދުވަހުގެ ރޭގަވެސް އެކުވެރިކަމުގެ ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އޭގެ ތެރޭގައި ބުރެޒިލް އާއި ޖަރުމަނު ވާދަކުރާ މެޗާއި އާޖެންޓީނާއި ސްޕެއިން ވާދަކުރާ މެޗް ފާހަގަކޮއްލެވޭއިރު އިންގްލެންޑާއި އިޓަލީ އަދި މެކްސިކޯ އާއި ކުރޮއޭޝިޔާވެސް ވާދަކުރާނެއެވެ.

މި މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 12:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔަ

    ޝުކުރިއްޔާ، އެއްމެޗް ބަލާނަން

  2. ޢިންފަންޓީނޯ

    މިދިޔަ ވޯރލްޑް ކަޕްގައި އައިސްލަންޑް ނުކުޅެ...........??