ސްޕެނިޝް ލީގު ތާވަލު ފުލުގައި އޮތް ރަޔޯ ވަލެކާނޯ އަތުންވެސް ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ރެއާލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ މި ސީޒަންގެ ލީގުގައި ބަލިވި 10 ވަނަ މެޗެވެ. ވާދަވެރި ބާސެލޯނާއިން ލީގު ޔަގީން ކޮށްފައިވާ އިރު، ރޭގެ މެޗުން ބަލިވި ނަމަވެސް ރެއާލް އޮތީ ތިންވަނައިގައެވެ. މި ސީޒަންގައި ދެން އިތުރަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށް ޒިދާން ކުރިންވެސް ބުނެފައިވާ އިރު، ރޭގެ މެޗުގައިވެސް ޒުވާން ކުޅުންތެރިންތަކެއް ރެއާލް ޓީމުން ފެނިފައިވެއެވެ.

ވަލެކާނޯއިން 22 އަހަރު ފަހުން ރެއާލް ބަލިކުރި އިރު، ރޭގެ މެޗަކީ 2004 ވަނަ އަހަރަށްފަހު ރެއާލްއިން ތާވަލުގެ ފުލުގައި އޮތް ޓީމެއް އަތުން ބަލިވި ފުރަތަމަ ފަހަރެވެ. މެޗަށް ނުކުތް އިރު، ވަލެކާނޯ ތާވަލުގެ ފުލުގައި އޮތް އިރު، ރޭގެ މެޗުން މޮޅުވެ، އެޓީމު ވަނީ 19 ވަނައަށް ޖެހިލާފައެވެ. އަދި ރެލިގޭޓް ނުވެ ސަލާމަތްވުމަށް ކުޑަ އުންމީދެއް ގެނުވާފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވަލެކާނޯގެ ލީޑު ނެގީ ލިބުނު ޕެނެލްޓީއަކުންނެވެ. އޭރިއާ ތެރެއިން ވަލޭހޯ، ވަލެކާނޯގެ ގުއޭރާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނެލްޓީ ދީފައި ވަނީ ވީއޭއާރްގެ އެހީގައެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށް، ވެލެކާނޯއަށް ތާރީހީ މޮޮޅު ހޯދައިދިނީ އެޑްރިއަން އެމްބާބާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާސާ ފޭން

    ރިއާލް ދެން ހެޔޮދާނެ ލީގުގަ ނުކުޅުނަސް
    ލޮލް

    6
    1
  2. އަހުމަދު

    ކެ ކެ ކެ ކެ ކެ ކެ ކެ ކެ ކެ ކެ ކޭ ހޫ ނީޑްސް ރޮނާލްޑޯ......

    2
    2