ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތް 2019ގެ ފިރިހެން ޑިވިޝަނުގެ ޗެންޕިއަން ކަން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މުބާރާތުގެ ފައިނަލް ގައި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަން ކަން ހޯދީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފް.އީ.އެސް.ޓީ) އާއި ވާދަ ކޮށެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ މުހައްމަދު ހުސެއިން ވަނީ ހޮވިފައެވެ.

ފޮޓޯ : އެމްއެންޔޫއެސްޔޫ

މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ.ގެ ފަރާތުން ސިލްސިލާ ގޮތެއްގައި ބާއްވާ 4 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތަކީ ފެކަލްޓީތަކުގެ އެންމެ ގިނަ އަދަދެއްގެ ޓީމު ވާދަކުރާ އަހަރެވެ. އެގޮތުން، ފިރިހެން ޑިވިޝަންގައި ޖުމްލަ 8 ޓީމެއް ވާދަކުރިއެވެ، އަންހެން ޑިވިޝަނުގައި ޖުމްލަ 9 ޓީމެއް ވާދަކުރިއެވެ.

ފޮޓޯ : އެމްއެންޔޫއެސްޔޫ

އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ފެކަލްޓީ ކެންޕަސް/ސެންޓަރތަކަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތުގެ މަގްސަދަކީ އެމް.އެން.ޔޫ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީބޯޅައިގެ ގަަވާއިދުތަކަށް އަހުލުވެރިކޮށް ވޮލީބޯޅަ ކުޅުމުގެ ފޯރި އިތުރުކުރުމެވެ. އަދި ހަމަ އެހެންމެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ވޮލީބޯޅަ ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.