ކްރޮސިންގް އައްޑޫ ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެތުން އަހްމަދު އާތިފް އާއި އަންވަރު ހުސައިން ފުރުހަމަ ކޮށްފިއެވެ.

މި ފެތުން ކުރިއަށް ގޮސްފައިވަނީ އައްޑޫސިޓީގެ މީދޫން ފެށިގެން އައްޑޫގެ އެތެރެވަރިން ކަނޑު ހުރަސްކޮށް ހިތަދޫ އާއި ހަމައަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑިސްކަވާ އައްޑޫގެ ފަރާތުން އިންތިޒާމު ކޮށްގެން "ކްރޮސިން އައްޑޫ”ގެ ނަމުގައި ބޭއްވި ފެތުމުގައި އާތިފާއި އަންވަރު ވަނީ 18 ކިލޯ މީޓަރަށް ފަތާފައެވެ.

އާތިފް ރާއްޖޭގައި އުފެދުނު މަޝްހޫރު ދިގު ރާސްތާ ދުވުންތެރިޔެކެވެ. އޭނާ މި ފެތުން ކާމިޔާބު ކަމާއި އެކީ ނިންމާލިއިރު މިއީ އޭނާ ފަހުގެ ތާރީހެއްގައި މިހާތަނަށް ހުއްޓާނުލާ އެންމެ ދުރަށް ފެތި ފުރަތަމަ ފަހަރެވެސްމެއެވެ.

އާތިފް އާއި އަންވަރު ވަނީ ކަނޑުމަތީގައި މުޅިއަކު 9 ގަޑި އިރު ފެތުމަށް ހޭދަ ކޮށްފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ކަހަލަ ފަތި ތަކާއިވެސް އާތިފް މެންނާއި ކުރިމަތިވިއެވެ.

މި ފެތުމުގައި އާތިފް އާއި އަންވަރް އާއިއެކީ 30 ވަރަކަށް ކުދިން ބައިވެރިވެފައިވެއެވެ. އެހެން ނަމަވެސް 18 ކިލޯމީޓަރ ފެތުން ނިންމާފައިވަނީ އާތިފް އާއި އަންވަރެވެ.

ކާމިޔާބު ކަމާއި އެކީ ނިންމާލެވުނު މިހަރަކާތް ފެށުމުގައި އަދި ނިންމުމުގައިވެސް އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި ލައިފްގާޑް އެސޯސިއޭޝަނާއި ސްވިމް އައްޑޫގެ ފެތުންތެރިން ވަނީ ބައިވެރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުޅެގަ

    އައްޑޫން ވައްކަން ކުރުން ހުއްޓުވަން ތަމެން 18 ކިލޯ މީޓަރަށް ވަގުން ހޯދަން މަމެންނަށް ފެނެއޭ ބުނަން މަމެން ނެތީމޭ...

    10
    3