ލ. ގަމުގެ މަތިމަރަދޫ ޒުވާނުންގެ ފަރާތުން އިސްނަގައިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ "މަތިވަރު ފުޓްސަލް ޗެލެންޖް" މިމަހު ނުވައެއްވާ، ބުރާސްފަތި ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

މަތިވަރު ފުޓްސަލް ޗެލެންޖުގައި މިއަހަރު 19 ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ބައިވެރިވުމަށް ހުޅުވާލެވިފައި ވަނީ މުޅި ރާއްޖެއަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ގަން ފޮނަދޫގެ ޓީމުތަކުން ބައިވެރިވި އިރު، މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ ތަރިން ފެނިގެންދާނެއެވެ. މުބާރާތުގެ ގުރުއަތު ނެގުން ރޭ ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަަކަށް ބަހާލައިގެންނެވެ.

މިދިޔަ އަހަރު މުބާރާތުގެ ތެރެއިން ---

ތިން ގްރޫޕްގައި ފަސް ޓީމު ހިމެނޭ އިރު، އަނެއް ގްރޫޕްގައި ހިމެނޭނީ ހަތަރު ޓީމެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އިރު، ކުއާޓާ ފައިނަލް މެޗުތައް ފަށާނީ 19 ވަނަ ދުވަހުގެ ރޭފައެވެ. ފައިނަލް އޮންނާނީ މިމަހު 24 ވަނަ ދުވަހުގެ ރޭގައެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ގަމު މަތިމަރަދޫ ފުޓްސަލް ދަނޑުގައެވެ.

މުބާރާތުގެ ގްރޫޕްތައް:

ގްރޫޕް އޭ: އެފްސީ އައުޓްްރީފް ކިންގް، މުންޑޫ ޒުވާނުންގެ ގުޅުން، ލާމު ބްލޫސް، އެފްއެމްއެފްސީ، ޑެވިލްސް އެސްސީ

ގްރޫޕް ބީ: ކާގަޅާ އެސްސީ، ސިކްސެންސަސް ލާމު، އަހަރުމެން ކަންމަތި، ފްރިކަންސް، ފޮއްތޭ

ގްރޫޕް ސީ: ލާމު ބްލޫސް ޖޫނިއާ، ގޯޅި އެސްސީ، ތުނޑި އެސްސީ، އައުޓްރީފް، ޑެޓްރޮއިޓްސް އެސްސީ

ގްރޫޕް ޑީ: ފޮއެމަތި އެސްސީ، އަމިގޯސް އެސްސީ، ކަންމަތި އެސްސީ، ކަންމަތި އެފްސީ

މިފަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ ފުޓްސަލްގެ ތަރިން ފެނިގެންދާނެއެވެ.އެގޮތުން ކަންމަތީ ޓީމު ރާއްޖޭގެ ފުޓްސަލް "ކިންގް" އަލީ ހާފިޒް (ހާއްޕެ) ފެނިގެންދާނެއެވެ. މި މުބާރާތަށް ހާއްޕެ ނުކުންނާނީ ބީއެމްއެލްއާއެކު ކްލަބު މޯލްޑިވްސް ކަޕް ކާމިޔާބުކޮށް، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާ، ރަނގަޅު ފޯމެއްގައި ހުރެގެންނެވެ.

އޭގެ އިތުރުން ގޯޅި ޓީމުވެސް ފާހަގަކޮށްލެވެއެވެ. ޢަބްދުﷲ ޝައްފާން (ޝާކާ)ގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) އަދި ހުސައިން ނާޝީދު (ނާއްޓޯ)ވެސް އެޓީމުން ފާހަގަކޮށްލެވޭ އިރު، ރިހާމް އަބްދުލްޣަނީ (ބޮބީ) އާއި ރިއްޕެ އަދި މާޒިޔާގެ މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖޭނޭ)ވެސް އެޓީމުގައި ހިމެނެއެވެ. އޭގެ އިތުރުން އަމިގޯސް ޓީމުން އީގަލްސްގެ ހުނަރުވެރި ފޯވަޑް މުހައްމަދު ނާއިމް ފެނިގެންދާ އިރު، ފޮއެމަތި ޓީމުން ޓީސީގެ މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ) ފެނިގެންދާނެއެވެ.

މިދިޔަ އަހަރު މުބާރާތުގެ ތެރެއިން ---

މަތިވަރު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ އަގުހުރި އިނާމެއް ހުށަހެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކާގަޅާ އެސްސީއެވެ. މިދިޔަ އަހަރުގެ ފޯރިގަދަ ފައިނަލްގައި ކާގަޅާއިން ވަނީ ކަންމަތި ބަލިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާދަ މާދ

    ތިވަރުގެ އިނާމަކަށް އެހާ ކުޅުންތެރިން؟؟؟؟ ކުޅުންތެރިއެއްގެ އަގު ނުލިބޭ ޗެމްޕިއަން ޓީމަށް.

    12
    1
  2. އަންނި

    ތިވަރު މޮޅުކުޅުން ތެރިން އަންނަ އިރު ރަނގަޅު ރެފެރީންވެސް ގެންނަން ވާނެ ބައިރުފިޔާ ހަރަދުކޮށްގެން މުބާރާތް ސަޅިއެއް ނުވާނެ އިނގޭ ތޯއްޓޭ