ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ މޮޅު ކުޅުންތެރިއެއް ކަމަށް އިޓަލީ އަދި ޖުވެންޓަސްގެ ކެޕްޓަން ޖިއަންލުއިގީ ބުފޮން ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ބުފޮން ބުނީ މެސީއަކީ ރޮނާލްޑޯއަށް ވުރެ ހުނަރުވެރި އަދި ނިންމުން ރަގަނޅު ކުޅުންތެރިއެއް ކަމަށެވެ.

" މެސީއަކި ރޮނާލްޑޯއަށް ވުރެ ފުރިހަމަ ކުޅުންތެރިއެއް. މެސީގެ ނިންމުމާއި އޭނާގެ ހުނަރުވެސް ރޮނާލްޑޯއަށް ވުރެ މޮޅު. އެހެން ނަމަވެސް ރޮނާކްޑޯ އަކީ އޭރިއާ ތެރެއިން ނިންމުން ރަގަނޅު ކުޅުންތެރިއެއް" ބުފޮން ބުނެފައިވެއެވެ.

ވޯލްޑްކަޕް އަށް އިޓަލީ ކޮލިފައި ނުކޮށްދެވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައިވާ ބުފޮން އިތުރަށް ބުނި ގޮތުގައި މެސީ އާއި ރޮނާލްޑޯއަކީ ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެކުޅުންތެރިން ކަމުގައެވެ.

ބުފޮން ވަނީ މީގެ ކުރިންވެސް މެސީއަށް ތައުރީފް ކޮށްފައެވެ. އެގޮތުން އެފަހަރު ބުފޮން ބުނީ މެސީ ހުއްޓުވަން ރޮނާލްޑޯއަށް ވުރެ އުނދަގޫ ކަމަށެވެ.

ބުފޮން އަކީ ގައުމީ ފެންވަރުގައްޔާއި ކުލަބު ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިއެވެ. އަދި އެއީ ދުނިޔެ ދުށް އެންމެ މޮޅު ކީޕަރުންގެ ލިސްޓުގައިވެސް ހިމެނޭ ތަޖުރިބާކާރު ކީޕަރެކެވެ. ބުފޮން ވަނީ އިޓަލީއާއި އެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްލު

    އާނ އަސްލު ވެސް....

  2. ހާންބެ

    ފުޓްބޯޅައިގެ ނަން މަސްހޫރު އެންމެންވެސް ބުނަނީ ހަމަތިހެން..

  3. އަލީ އާދަމް

    ޙަޤީޤަތަށް ބުނާނަމަ ރޮނާލްޑޯ އަކީ އެހެންމީހުން އޭނާގަ އަނގަޔަށް ލަވައިދިނީމަ ވަރަށް މޮޅުކޮށް މީރުކޮށް ކާލާ މީހެއް، އެކަމު މެސީ އަކީ އެހެން މީހުންގެ އނގަޔަށް ލަވަ ދެމުން އަމިއްލަ މަސައްކަތާ ހުނަރުން ކާލާ މީހެއް، މީ މިދެމީހުންގެ ތަފާތަކީ.. މީ އަޅުގަނޑަށް ވިސްނޭގޮތް..

  4. ހުސެންބެ

    ތީ ތެދެއް