އަޔެކްސްއާއި ޓޮޓެންހަމް ރޭ ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ނިމިގެންދިޔައީ އަޔެކްސްއަށް ހިތްދަތިކޮށެވެ. ފަހު ސިކުންތު ޓޮޓެންހަމްއިން ގޯލް ޖަހާ އަޔެކްސް ކަޓުވާލި އިރު، ރޭގެ މެޗުން ފާހަގަކޮށްލެވުނު އެންމެ މުހިއްމު ކަމަކީ އަޔެކްސްގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ހަކީމް ޒިއެޗް އަދި ނުސައިރު މަޒަރޫއީގެ ފަރާތުން ފެނިގެން ދިޔަ ކަމެކެވެ.

އާންމުކޮށް ރަމަޟާން މަހުގައި ބޮޑެތި މެޗުތައް ކުޅޭ އިރު، މުސްލިމް ބައެއް ކުޅުންތެރިން ރޯދަ ދޫކޮށްލި ނަމަވެސް، ޒިޔެޗް އަދި މަޒޫރީވެސް ރޭގެ މެޗު ފެށީ ރޯދައިގައި ތިބެއެވެ. މެޗުގައި ޒިޔެޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ކުރީކޮޅުގައިވެސް ރޯދަކަން ފާހަގަވެސް ވެފައެއް ނުވެއެވެ. ފުރަތަމަ ހާފްގައި އަޔެކްސްއިން ދެ ގޯލް ޖެހި އިރު، 35 ވަނަ މިނެޓްގައި ޒިޔެޗްގެ ގޯލެއްވެ ފެނިގެން ގޮސްފައިވެއެވެ.

ނެދަލޭންޑްގެ އެމްސްޓަޑާމް އެރީނާގައި ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ދެކުޅުންތެރިންވެސް ބެންޗަށް ފައިބާ ރޯދަ ވީއްލި މަންޒަރު ފެނިފައިވާ އިރު، އެއީ ނެދަލޭންޑްސްއަށް އިރުއޮއްސުނު ވަގުތެވެ.

އެ ދެކުޅުންތެރިންވެސް ރޯދަ ހިފައިގެން މުހިއްމު މެޗަކަށް ނުކުމެ، އެއްވެސް ތަފާތެއް ނެތި މޮޅު ކުޅުން ދައްކާފައިވާތީ އެކަމަށް މުޅި މީސް މީޑިއާގައި ވަނީ ތައުރީފް އަމާޒުވެފައެވެ. ރޯދަ ވީއްލަން ފޭބުމަށްފަހު ހަކަތަ ލިއްބައިދޭ ޕެކެޓެއް ބޭނުން ކޮށްފައިވާ އިރު، ދެވަނަ ހާފް ފަށަން ނުކުތް އިރުވެސް ޒިޔެޗް ހުރީ ޖޫސް ފުޅިއެއް ހިފައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެ

    އެހެންވެ ބަލިވީ އެވެރިން.

    1
    62
  2. Anonymous

    Maasha Allah

    50
    1
  3. ޙަސަން

    ޔާﷲ އެފަދަ ހެޔޮލަފާ ކުޅުންތެރިންނަށް ނަޞްރާ ކާމިޔާބު ދެއްވާށިއެވެ.

    49
    1
  4. ??

    ޔާﷲ އެފަދަ ހެޔޮލަފާ ކުޅުންތެރިންނަށް ނަޞްރާ ކާމިޔާބު ދެއްވާށިއެވެ.