ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިޔާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުން އެޓީމް ކުރި ހޯދައިފިއެވެ.

މިއަންމާއާއި ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމްގައި ހިމެނޭ އައިމިނަތު ރުފެއިދާ އާއި ޝާނިޔާ އަހުމަދު ކުޅުނު މި މެޗް ކާމިޔާބު ކުރީ ސިދާ ދެ ސެޓުންނެވެ. މި މެޗްގައި އެދެކުޅުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. ރާއްޖޭގެ ޓީމުން ސެޓްތަށް ގެންގޮސްފައިވަނީ 18-21 އަދި 11-21 އިންނެވެ.

ރާއްޖެ ހިމެނޭ ފޫލް ސީގައި މިއަންމާގެ އިތުރުން ދެން ހިމެނިފައިވަނީ ޖަޕާނާއި، މިޔަންމާގެ އިތުރުން ހޮންކޮންގް އެވެ. މި ގްރޫޕްގައި ދެން ކުޅުނީ ޖަޕާނާއި ހޮންކޮންގްގެ މެޗެއެވެ. މިމެޗް ޖަޕާނުން ވަނީ ފަސޭހަކަމާއެކު ގެންގޮސްފައެވެ.

މިމިބާރާތުގައި މިއަދު ރާއްޖެ އާއި ދެކޮޅަށް ހޮންކޮންގުން ކުޅޭ މެޗުން ރާއްޖެ ޓީމް މޮޅުވެއްޖެ ނަމަ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ.

ރާއްޖޭގެ 19 އަހަރުންދަށުގެ ބީޗް ވޮލީ ޓީމް އޮމާން އާއި ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން - ފޮޓޯ: ވީއޭއެމް

19 އަހަރުންދަށުގެ ޓީމްގައި ހިމެނޭ ޝާމިލް ހުސެއިންނާއި އާދަމް ޝަނީފް އޮމާނާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ ސީދާ ދެސެޓުންނެވެ. އޮމާން ދެ ސެޓް ގެންގޮސްފައިވަނީ 21-15 އަދި 21-14 އިންނެވެ.

ފިރިހެންޓީމް މިމުބާރާތުގައި ހިމެނިފައިވާ ޕޫލް ޖީގައި ދެން ހިމެނެނީ އޮމާންގެ އިތުރުން ސިންގަޕޫރެވެ. ރާއްޖޭގެ ފިރިހެން ޓީމް މިއަދު ބައްދަލުކުރަން ޖެހޭނީ ސިންގަޕޫރާއި ދެކޮޅަށެވެ.