"ވަގުތު" އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް އައްޑޫ ސިޓީގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނާ އަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ހިތަދޫ ގައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 16 ޓީމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 9657764 ނަމްބަރު ފޯނަށް ގުޅުއްވުމުން ފޯމް ލިބިވަޑައިގަންނަވާނެއެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ވަގުތު" ފުޓްސަލް މުބާރާތް ފާއިތުވި ދެއަހަރު ވެސް ކާމިޔާބު ކޮށްފައި ވަނީ "ބޭރުމަތި" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ކޮން ފޮތެއްގަ އޮތީ މީ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތޭ... ތިއަށްވުރެ އަގު ބޮޑު އެތައް މުބާރާތެއް ރާއްޖޭގައި ބޭއްވިފަ އަދި ބާއްވަމުން އެބަދޭ. ތަފާތަކީ ކަލޭމެންނަށް ލ ގަ ހިނގާ ކަމެއް ނޫނީ ކަވަރ ނުކުރެވުން.

    3
    2