ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުން އިންގްލެންޑުގެ އާސެނަލާއި ޗެލްސީ މިރޭ ޖާގަ ހޯދުމާ އެކު، ޔޫރަޕް ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެ ބައްރުގެ އެންމެ ޝަރަފުވެރި ދެ މުބާރާތުގެ ފައިނަލްގައި ހުސް އިނގިރޭސި ޓީމުތައް ކުޅެން ޖެހިއްޖެއެވެ.

އާސެނަލް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ޕިއެރޭ އެމެރިކް އޯބަމަޔަންގެ ހެޓްރިކާ އެކު ސްޕެއިނުގެ ވެލެންސިއާ އަތުން 4-2 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 7-3 އިން ކުރި ހޯދައިގެންނެވެ. އާސެނަލް ފުރަތަމަ ލެގުން މޮޅުވީ 3-1 އިންނެވެ.

ޗެލްސީ ފައިނަލަށް ދިޔައީ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގެކޭ އެއްގޮތަށް ރޭވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ރުބެން ލޮފްޓަސް-ޗީކް ގެ ގޯލުން ޗެލްސީ ކުރި ހޯދާފައިވަނިކޮށް ފްރެންކްފަޓަށް އެއްވަރުކޮށްދިނީ ލޫކާ ޔޮވިޗެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް، ބޮޑެތި "ކަމްބެކް"ތަކާއެކު އިނގިރޭސިވިލާތުގެ ދެޓީމު ކަމަށްވާ ލިވަޕޫލާއި ޓޮޓެންހަމްވެސް ދަތުރު ކޮށްފައިވާ އިރު،