އެކުވެރިކަމުގެ މެޗެއްގައި މިއަދު ސިންގަޕޫރް އާއި ދެކޮޅަށް ކުޅުނު މެޗުން 2-3 އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ސިންގަޕޫރްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑުނެގީ ވެސް އެޓީމުންނެވެ. މި ގޯލު މެޗުގެ 38 ވަނަ މިނެޓްގައި ސިންގަޕޫރަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހާރިސް ހާރޫންއެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން އަލީ ސަމޫހު ވަނީ ރާއްޖެ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 66 ވަނަ މިނެޓްގައި ސިންގަޕޫރުން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ސިންގަޕޫރަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޝަހްދާން ސުލެއިމާންއެވެ. އަދި މެޗުގެ 72 ވަނަ މިނެޓްގައި ޝާކިރު ހަމްޒާ ވަނީ ސިންގަޕޫރުގެ ލީޑު ފުޅާކޮށްދީފައެވެ. ރާއްޖޭގެ ދެވަނަ ގޯލު މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (އިއްބެ) އެވެ.

މިއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗަކީ އަންނަ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.

ސިންގަޕޫރް މި މެޗުން މޮޅުވިއިރު މިއީ 16 މަސްދުވަހުގެ ތެރޭގައި އެޓީމަށް ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ކުޅުނު އެއްވެސް މެޗަކުން ސިންގަޕޫރް މޮޅުވެފައި ނުވާއިރު އެޓީމު އެންމެފަހުން މެޗަކުން މޮޅުވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކެމްބޯޑިއާ އާއި ބައްދަލުކޮށް 0-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ެފެފފ

    ހެހެހެހެ!! ތީ ވާވަރަކީ

  2. ޕޮފުބާ

    ތީވަރަށް ބޮޑް ކާމިޔާބެއް

  3. ޓިނޭ

    ތިނޫން ވަރެއް ވީ ދުވަހެއް ވާނެ ދުވަހެއް ނޭނގެ ވާނެ ކަމެއްވެސް ނޭންގެ

  4. ޓިނޭ

    ތިނޫން ވަރެއް ވީ ދުވަހެއް ވާނެ ދުވަހެއް ނޭނގެ ވާނެ ކަމެއްވެސް ނޭންގެ......

  5. ފަހައްޓާ

    މާކުރިންވެސް އިނގޭ!

  6. ހަހަ

    ހަމަ ބަލިވާނީ