ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން އިޒްރޭލުގެ ބެއިތާރު ފުޓްބޯލް ކްލަބާ ދެކޮޅަށް ގުދުސްގައި ކުޅެން ހަމަޖެހިފައި އޮށް މެޗް ނުކުޅުމަށް ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިއްޖެއެވެ.

ޓެޑީ ސްޓޭޑިއަމްގައި މި މަހުގެ 12 ވަނަ ދުވަހު ތާވަލް ކޮށްފައިވާ މެޗް އަކީ އެތުލެޓިކޯ ސީޒަން ނިންމާލުމުގެ ގޮތުން އިޒްރޭލުގެ ކްލަބް ބެއިތާރާ ދެކޮޅަށް ކުޅޭ މެޗެކެވެ. މި ދަނޑަކީ ޕަލްސްތީނުންވެސް ބޭނުން ކުރަމުން އަންނަ ދަނޑެކެވެ.

ފަލަސްތީންގެ އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެތުލެޓިކޯ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފުޓްބޯޅަ އަކީ ހަމަހަމަކަމަށް ލޯބިކުރާ ކުޅިވަރަކަށްވާއިރު ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ހަމަލާތަކުގެ ބައިވެރިންނާ އެކު ގުޅުން ބަދަހިވާފަދަ ގޮތްތަކަށް އަމަލުނުކުރުމަށް އެދޭ ކަމަށެވެ.

"އަހަރެމެން އެދެނީ އިޒްރޭލާ ދެކޮޅަށް މެޗު ކުޅުން ހުއްޓާލުމަކަށް ނޫން. އެކަމަކު ގުދުސްގައި އަހަރެމެންގެ ސަރަހައްދެއްގައި އެމީހުންނާ ބައިވެރިނުވުމަށް،" އެ ސިޓީގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ އެފްއޭގެ ރައީސް ރަޖޫބް-

ރަޖޫބް ވިދާޅުވެފައިވަނީ އެތުލެޓިކޯ އަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކެއް ޕަލަސްތީނުގައި ދިރިއުޅޭކަމަށާއި އެ ފަދަ ސަޕޯޓަރުންގެ ހައްގުގައި ބެއިތާރު ފަދަ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ޓީމަކާ ދެކޮޅަށް މެޗު ނުކުޅެން އެދޭ ކަމަށެވެ. އަދި ބެއިތާރުގެ ގިނަ މެޗްތަކުގައި ސަޕޯޓަރުން ވަނީ މުސްލިމުން މަރަން އަޑުގަދަކޮށްފައެވެ. މިކަން މިހެން އޮންނަ ކަން ގަބޫލްވާ ސަބަބަކީ އެޓީމްގެ މެނޭޖްމެންޓްއިން މިހާތަނަށް މުސްލިން ކުޅުންތެރިއަކު އެޓީމްއަށް ގެނެސްފައެއް ނުވުމެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިކަން ކުރާ ރަށް ކަމަށް މިދިޔަ އަހަރު އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރުމުން އެތައް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ސްޕޭން އާއި އިޒްރޭލް އެއީ ހަމަ އެކަށްޗެއް '' ކޮންމެ ފަދަ ބޮޑު އަގެއް ދީފަ ނަމަވެސް އިޒްރޭލް ޙިމާޔާތް ކުރަންޖެހޭ ފަލަސްތީން ގެ ބިމުގައި އިޒްރޭލް އޮންނަނަޖެހޭ ، އެހެން ނޫންނަމަ ސްޕޭނަކަށް ޔޫރަޕަކުވެސް ނޯވެވޭނެ '' ސްޕޭންގެ ރަސްގެފާނުގެ ބަސްކޮޅެއް !!!