ވޮލީ ބޯޅަ އެސޯސިއޭޝަންއިން އިންތިޒާމު ކޮށްގެން ބާއްވާ ޒޯން އަދި އޮތޮޅު މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫލައިވްއިން ބުނެފައިވާ ގޮތުގައި އައްޑޫ ކައުންސިލުން ޒޯން ވޮލީ މުބާރާތް އައްޑޫގައި ނުބާއްވަން ނިންމީ ޒޯން މުބާރާތަކީ ވަރަށް ބޮޑެތި ޚަރަދުތައް ހިނގާނެ މުބާރާތަކަށްވެފައި އައްޑޫ ސިޓީ ކައުންސިލަށް މިކަމަށް ޚަރަދު ކުރާނެ ބަޖެޓެއް ނުލިބި، މިފަދަ ބޮޑު މުބާރާތެއް ކުރިއަށް ގެންދެވިދާނެ ކަމުގެ ޔަޤީންކަމެއް ނެތުމުން ކަމަށެވެ.

އައްޑޫ ސިޓީ އަކީ ކުރިންވެސް ރާއްޖޭގެ ވޮލީގައި އެންމެ ނަން މަޝްހޫރު ވެފައިވާ އަތޮޅެވެ. އައްޑޫގައި ވަނީ އަތޮޅު ފެންވަރުގައި ވޮލީ މުބާރާތް އިންތިޒާމްކޮށް ބާއްވާފައެވެ. ހަރަދު ހިނގާނެކަމަށް ބުނެ ޒޯން މުބާރާތް އައްޑޫގައި ހޯސްޓު ނުކުރަން ނިންމިއިރު ފަހަކަށް އައިސް އައްޑޫގައި އެކި ނަންނަމުގައި ވޮލީ މުބާރާތް ދަނީ ބާއްވަމުންނެވެ.

މީގެ އިތުރުން ވޮލީއަށް ޝައުގުވެރިވާ ޒުވާނުންވެސް މަޑުމަޑުން އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެބޯގެރި

    ފުވައްމުލަކު ސިޓީ ކައުންސިލާ ހަވާލުކުރޭ

    6
    1
  2. ޝާފީ

    ތިޔަކަން ވާނީ ފުވައްމުލަކުގައި އަދި އެއްމއ ސަޕޯޓް ބޮޑުވާނީވެސް އެރަށުގައި ކަމަށް އަޅުގަނޑައްފެނޭ