އެފްއެފްޕީ އާއި އެނޫންވެސް ފަރާތަކުން ޔޫއެފާ އިން ނެރެފައިވާ ގަވާއިދުތަކާ ހިލާފުވާނަމަ ޓީމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޔުއެފާ އިން ބިރެއް ނުގަންނާނެ ކަމަށް އެ އިދާރާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެއެވެ.

މެންޗެސްޓާ ސިޓީ އިން ވަނީ އެފްއެފްޕީގެ ގަވައިދާއި ހިލާވފުވެފައިކަމަށް އެ އިދާރާއިން ބުނެއެވެ. އެހެން ކަމުން އެ ޓީމު ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ލަފާދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، މީގެ ކުރިން ވެސް އެ ފަދަ ވާހަަކަތަކެއް ދެކެވިފައެވެ. ނަމަވެސް ގިނަ ކްލަބްތައް ވަނީ އަދަބުން ލުޔެއް ހޯދައި ސަލާމަތްވެގެން ގޮސްފައެވެ. ބައެއް މީޑިއާ ތަކުން ބުނަނީ ޕީއެސްޖީ ފަދަ ވަރުގަދަ ޓީމްތަކާއި މެދު ފިޔަވަޅު އަޅަން ޔޫއެފާއަށް ނުކުރޭނެ ކަމަށެވެ.

މިކަމަށް ޔުއެފާގެ ރައީސް މާގިނަ ވާހަކަތަކެއް ނުދައްކައި ވިދާޅުފައި ވަނީ ޤަވައިދުތަށް ކުރިން އޮތީ މަކަރާއި ހީލަތް ހަދަން ބޭނުންވާ ޓީމްތަކަށް ފަސޭހައިން އެކަން ވާނެ ގޮތަކަށް ކަމަށެވެ.

ނިއުޔޯކްޓައިމްސް އަށް މައުލޫމާތު ހިއްސާކުރަމުން ކެފެރިން ވިދާޅުވެފައި ވަނީ ވަކި ވަކި ޓީމްތަކާއި ދެކޮޅަށް ކުރިއަށްދާ ތަހުގީގު ވާހަކަ ހިއްސާކުރެވެން ނެތްކަމަށެވެ.

"އަހަރުމެން އެންމެންނަށްވެސް އެނގޭ ފުޓްބޯޅަ އަކީ ކިހާ ވަރެއްގެ ކުޅިވަރެއްކަން. އަދި ދަށު ދަރަޖައިގެ ކަންތަށް ހިނގާކަންވެސް އެނގޭ. ރަނގަޅަށް ކަންތަށް ކުރަން ޖެހޭ އުސޫލުން ކޮށްފިނަމަ އެއްވެސް ޓީމެއް ޖެހިލުން ވާކަށް ނުޖެހޭނެ. ކްލަބްތަކުން އުސޫލުން ބޭރުގެ ވިޔަފާރިތަކުގައި ބައިވެރިނުވެ ކޮރަޕްޝަންގެ އަމަލުތައް ނުހިންގާ ކުރިއަށްދާނަމަ އެކަން ހުރިހާ ބަޔަކު ބަލައިގަންނާނެ." ކެފެރިން ވިދާޅުވިއެވެ.

ސިޓީ 2014 ވަނަ އަހަރުވެސް އެފްއެފްޕީއާ ހިލާފުވެގެން ޔުއެފާ އިން އަދަބު ދީފައެވެ. އެފަހަރު 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހަދާފައިވާތީ އެވެ. އޭގެ އިތުރުން އަދަބެއްގެ ގޮތުން އެ ފަހަރު ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު ވެސް މަދުކުރިއެވެ.

އިތުރު ދައުރަކަށް ދާދި ފަހުން އިންތިހާބުވެވަޑައިގެންނެވި ކެފެރިން އިތުބާރާ އެކު ވިދާޅުވެފައި ވަނީ ޔޫއެފާ އިން އެއްވެސް ކްލަބެއް ތަފާތެއް ނުކުރާނެކަމަށެވެ.