އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގައި މިއަހަރު އއ. މަތިވެރީ ފުޓްސަލް ޓީމް ރޯޔަލް ރައިޓްސް އާރު.ކޭ ވަނީ ބައިވެރިވެފައެވެ.

ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އއ. މަތިވެރީ އާރު.ކޭ ޓީމުގެ އިތުރުން ފަސްޓީމެއް ފަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މަތިވެރި އެފް.ޓީވެސް ހިމެނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 25 މާޗް 2018 ވާ އާދިއްތަ ދުވަހު ހަވީރު އެވެ. ފުރަތަމަ މެޗްގައި ކުޅުމަށް ހަމަޖެހިފައިވަނީ ރޯޔަލް ރައިޓްސް އާރް.ކޭގެ ޓީމާއި ޔަންގް ޕްލެޔާސް އެވެ. މި މުބާރާތަށް ނިކުންނައިރު އއ. މަތިވެރީ އާރު.ކޭ ޓީމްވަނީ މުބާރާތަށް ވަރަށްބޮޑަށް ތައްޔާރުވެފައެވެ.

އެޓީމްގައި މިއަހަރު ހިމެނޭ ކުޅުންތެރިންނަކީ މުޙައްމަދު ޝަފްރާޒް އާއި އާދަމް ހާފިޒް އާއި އަލީ ޝާމް އާއި ޒަހީން އިބްރާހިމް އާއި ހަމްދޫން ރަޝީދު އާއި އީޖަޒް އަބްދުލް ގާދިރު އާއި އިބްރާހިމް ރިފްއަތުއެވެ. އަދި ގޯލް ބަލަހައްޓާނީ އަބްދުﷲ ނާޒިމްއެވެ. ބަދަލު ކީޕަރެއްގެ ގޮތުގައި ހިމެނެނީ އަލީ ޝާމްއެވެ.

މި ޓީމްގައި އޮފިސަލުންގެ ގޮތުގައި މިއަހަރު ހަރަކާތްތެރިވަނީ ކޯޗް މުއުސޫމް އަހުމަދާއި އެސިސްޓެންޓް ކޯޗްގެ ގޮތުގައި ވިލްދާން މުޙައްމަދާއި އޮފިޝަލް ޝަހީދު މުޙައްމަދާއި މެނޭޖަރ މުޙައްމަދު މާހިދުގެ އިތުރުން ފަސްޓް އެއިޑް އިބާދުﷲ ޝަރީފެވެ.

އާރު.ކޭ ޓީމްގެ މެއިން ސްޕޮންސަރަކީ އަތޮޅު ފެންވަރުގައި ފެރީގެ ޙިދުމަތްދެމުން އަންނ ކޮރަލް ސްޕީޑެވެ. މީގެ އިތުރުން ކުޑުސް ސްޓޭ މޯލްޑިވްސް، ޕަޕާޔަ ހެވަން ތޮއްޑޫ އިން އެޓީމަށް ސްޕޮންސަރ ދެއްވާފައިވެއެވެ. އަދި ޖާޒީ ފުރިހަމަ ކޮއްދީފައިވަނީ ކެމްޓަން މޯލްޑިވްސްއިންނެވެ.

މާދަމާ އޮންނަ މެޗަށް ވީހާވެސް ގިނަބަޔަކު ގޮސް ޓީމަށް ހިއްވަރުދިނުމަކީ ޓީމްގެ ވަރަށްބޮޑުއެދުމެއްކަމަށް ޓީމުން ވަނީ ބުނެފައެވެ.