މެޗު ވިއްކުމުގެ މައްސަލަތަކެއްގައި ސްޕެއިންގެ ފުލުހުން، ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ.

މެޗު ވިއްކުމުގެ މައްސަލަތަކެއްގައި ސްޕެނިޝް ފުރަތަމަ އަދި ދެވަނަ ޑިވިޝަންގެ ކުރީގެ ކުޅުންތެރިންނާ ބޯޑު މެމްބަރުންވެސް ހައްޔަރު ކޮށްފައިވާ ކަމަށް ބީބީސީންވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ހައްޔަރު ކޮށްފައި ވަނީ ކިތައް މީހުން ކަމެއް ބުނެފައެއް ނުވެއެވެ.

ލަލީގާގެ އިސް ތަރުޖަމާނު ބުނެފައި ވަނީ މިއަދު ހައްޔަރުކުރި މީހުން ހައްޔަރު ކޮށްފައި ވަނީ 2018 ވަނަ އަހަރު މޭ މަހުގެ ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ބީބީސީން ބުނެފައި ވަނީ އެ މައްސަލަތަކަކީ ސްޕެއިން ފުޓުބޯޅައިގައި އަށް މެޗެއްގެ ނަތީޖާ ވިއްކުމުގެ މައްސަލަތަކެއް ކަމަށެވެ.

ލަލީގާގެ ތަރުޖަމާނު ބުނެފައި ވަނީ ލަލީގާއަކީ މެޗު ވިއްކުން ގިނަ ލީގެއް ކަމަށާއި، އިންސާފުވެރި މުބާރާތެއް ގާއިމް ކުރުމަށް މިފަދަ މައްސަލަތަކުން ދުރުވާން ޖެހޭ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައި ވަނީ ހައްޔަރުކުރި ކުރީގެ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.