މިރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި، ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، އެޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭއެވެ. އެ ދެކުޅުންތެރިންނަކީވެސް މުސްލިމް ދެކުޅުންތެރިންނެވެ. މިރޭގެ މެޗުގެ ކުރިންވެސް އެ ދެކުޅުންތެރިން ރޯދަ ހިފާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

މެޗުގެ ކުރިން އެކަމާ ގުޅިގެން އެތައް މީޑިއާއެއްގައި ވާހަކަތައް ދެކެވިފައިވާ އިރު، އެ ދެކުޅުންތެރިން ތިބީ ރޯދައަށް ކަމަށް، ޓީމުގެ ބައެއް ކުޅުންތެރިން ކޮށްފައި ޓްވީޓްތަކުން އެނގިފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އަދި މެޗުގެ ކުރިން ކޯޗު ކްލޮޕް އަބަދުވެސް ބުނެފައި ވަނީ ސަލާހާއި މާނޭވެސް ރޯދަ ހިފަން ބޭނުން ނަމަ، ރޯދަ ހިފުން މައްސަލައެއް ނެތް ކަމަށާއި، ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން މާ މުހިއްމުވާނެ ކަމަށެވެ.

https://twitter.com/weareozil/status/1134911850477445120?s=21

މިރޭގެ މެޗާ ގުޅިގެން ކޮށްފައިވާ ބައެއް ޓްވީޓްތަކުގައި ބުނެފައި ވަނީ މެޗުގެ 39 ވަނަ މިނެޓުގައި ސަލާހް ރޯދަ ވީއްލި ކަމަށެވެ. އެއީ ގާތްގަނޑަކަށް މެޗު ކުޅުނު ސްޕެއިިންގެ ގަޑިން 9:39 ހާއިރެވެ. އަދި އެއީ އެގައުމަށް އިރުވެސް އޮއްސޭ އިރެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގައި އަޔެކްސްގެ ދެ ކުޅުންތެރިޔަކު ރޯދަ ވީއްލިތަންވެސް ފެނިގެން ގޮސްފައިވެއެވެ. އަދި އެކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށްވެސް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަރަބޮންޑި

    އެއީ ދެން މާ މޮޅުކަމެއް ކޮށްލެވުނީތަ؟

    5
    63
    • މޮޔަ

      އާން އެއީ މޮޅުކަމެއް. ކަލޭ ދަނޑަށްއަރާ ދެމިނެޓު ކުޅެލަބަ. އޮންނާނީ ދެމިފަ

      50
      2
  2. މުހަންމަދު

    ދިވެހި މަސްވެރިންވެސް އަވީގަ އެ މަސައްކަތް ކުރަނީ ރޯދަހިފައިގެން ފުޓުބޯޅަ ކުޅުމަށްވުރެ މާ އުދަގޫ ކަމެއް މަސްވެރިން އެކުރަނީ

    23
    5
    • އަހަންމަދު

      ކަލޯ މިއުޅެނީކީ ރޯދަހިފައިގެންތިބެ ކުރަން
      އެންމެ އުނދަގުލީ ކޮންކަމެއްތޯ ބަލާކަށްނޫންދޯ
      ރޯދަހިފައިގެން ކަލޭ މަހަށްދިޔާމަވީނުން

      27
      1