މޮރީނިއޯގެ ކެތްތެރިކަން ކޮޅުންލައި އެންމެ ފަހުން ޕޮގްބާ ވިއްކާލަން ނިންމައިފިއެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ވަރުގަދަޔަށް ސޯޝަލް މީޑިޔާ ބޭނުންކުރާ އެއް ކުޅުންތެރިޔާކަމުގައިވާ މެންޗެސްޓާރ ޔުނައިޓެޑުގެ ޕޯލް ޕޮގްބާ މެންޗެސްޓާރ ޔުނައިޓެޑުން ވިއްކާލާ ސަބަބެއްކަމުގައި އޭނާ ސޯޝަލް މީޑިޔާ ބޭނުންކުރާ މިންވަރު ވެގެން ހިނގައިދާނެއެވެ. މެންޗެސްޓާރ ޔުނައިޓެޑުން އޭރުގެ ރެކޯޑް ޓްރާންސްފާރ އަގަކަށް ޔުވެންޓަސްއިން ޕޮގްބާ ގަތްތާ މާ ގިނަ އަހަރުތަކެއް ނުވާއިރު މޮރީނިއޯ ވަނީ ޕޮގްބާގެ އެކި މައްސަލަތަކުގައި ކެތްތެރިކަން ކޮޅުންލައިފައިކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ އާންމުވެފައެވެ. މެންޗެސްޓާރ ޔުނައިޓެޑުން މިހާރުވެސް ވަނީ ޕޮގްބާ ސޯޝަލް މީޑިޔާ ބޭނުންކުރާ މިންވަރު މަދުކުރުމަށް އޭނާއަށް އަންގައިފައެވެ.

އެހެންނަމަވެސް ޕޮގްބާގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް އަދި ލިބިފައިވާކަމަކަށް ނުބެލެވެއެވެ. ހުނަރުވެރި މިޑްފީލްޑަރެއްކަމުގައިވާ ޕޮގްބާއަށް ވަނީ އޭނާ ޔުވެންޓަސް އާއި ފަރަންސޭސިވިލާތުގެ ގައުމީ ޓީމުގައި ދެއްކި އާދަޔާޙިލާފް މޮޅު ކުޅުން މެންޗެސްޓާރ ޔުނައިޓެޑުގައި ދެއްކޭ ގޮތްވެސް ނުވެފައެވެ. ފުރުސަތު ކިތަންމެ ވަރަކަށް ލިބުނު ނަމަވެސް އަދިވެސް މިހާރު އެ ފެންނަ ޕޮގްބާ އަކީ ޔުވެންޓަސްގައި ފެނުނު ވަރުގަދަ އަދި މޮޅު ޕޮގްބާއެއް ނޫންކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

އެއާއިއެކު މެންޗެސްޓާރ ޔުނައިޓެޑުގެ ކޯޗު ޖޯޒޭ މޮރީނިއޯ ވަނީ ޕޮގްބާ ވިއްކާލައި މެންޗެސްޓާރ ޔުނައިޓެޑަށް ރެއާލް މެޑްރިޑުގެ ޓޮނި ކްރޫސް އަދި ރަފައެލް ވަރާން ގެނައުމުގެ މަސައްކަތް ފަށައިފައެވެ. މޮރީނިއޯ އޮތީ އެކަންތައް ނާކާމިޔާބުވެއްޖެނަމަ ޕީއެސްޖީއިން މާކޯ ވެރާޓީ އަދި މާކިނޮސް ގެނައުމަށްވެސް ނިންމައިގެންނެވެ. އެއާއިއެކު ދެން އަންނަ ސީޒަނުގައި ޕޮގްބާ ޕީއެސްޖީ އިން ނުވަތަ ރެއާލް މެޑްރިޑުން ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު