ކޮޕާ އެމެރިކާގައި ބްރެޒިލްގެ ނޭމާ އަށް ނުކުޅެވުމުގެ ސަބަބުން އޭނާގެ ބަދަލުގައި ވިލިއަން އަރުވައިގެން ކުޅެން ހަމަ ޖައްސައިފިއެވެ.

ނޭމާ އަށް ވަނީ ބުދަ ދުވަހުގައި ގަތަރާއި ދެކޮޅަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗުގައި އަނިޔާތަކެއް ލިބިފައެވެ. އެހެން ކަމުން އޭނާ ކޮޕާ އެމެރިކާގައި ބްރެޒިލްގެ ޓީމުން ފެނިގެން ނުދާނެ ކަމަށް ބްރެޒިލްގެ ބައެއް ނޫސްތަކުން އަންނަނީ ހަބަރު ދެމުންނެވެ.

ގަތާރާއި ދެކޮޅަށް ކުޅުނު މެޗްގައި ނޭމާ އަށްގެ ކުޑަ ހުޅަށް ވަނީ ގެއްލުންވެފައެވެ. އޭނާ ރަނގަޅު ވާނެ ސީދާ ވަކި ދުވަހެއް އަދި ނޭނގެއެވެ.

އޭނާގެ ބަދަލުގައި މިހާރު ވިލިއަން ކުޅޭއިރު މީގެ ކުރިން ކުޅޭނެ ކަމަށް ބުނެފައިވަނީ ޓޮޓޭންހަމް އަށް ކުޅެމުން އަންނަ ލޫކަސް މޯރާ ނުވަތަ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވިނިޝިއަސް ޖޫނިއާއެވެ.

މިކަން ޔަގީން ކޮށްދެމުން ބްރެޒިލް އިން ބުނެފައިވަނީ މިއަހަރުގެ ކޮޕާއެމެރިކާގައި ނޭމާގެ ބަދަލުގައި ކުޅެން ހަމަޖައްސާފައި ވަނީ ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން ކަމަށެވެ.

އުމުރުން 30 އަހަރުގެ ވިލިއަން ފުރަތަމަ ބްރެޒިލްގެ ގައުމީ ޓީމުން ފެނިގެން ގޮސްފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އެނާ ވަނީ ކުޅުނު 65 މެޗްގައި 8 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މަހުގެ 15 އިން އަންނަ މަހު 8 ހަމަޔަށް ކުޅުމަށް ހަމަޖެހިފާ ކޮޕާ އެމެރިކާ ކުޅެން ހަމަޖެހިފައިވަނީ ބްރެޒިލްގައެވެ.