ސޮސައިޓީ ފޯރ ޔޫތް ރިކްރިއޭޓިންގ ޔޫނިއަން އޮފް ޕެޓްރިއޮޓްސް (ސިރަޕް) ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ސިރަޕް ޗެލެންޖް ޗަޕް 2019 ގެ ޗެމްޕިއަންކަން ޖޭޓީ ގޯޅިގަނޑުން ހޯދައިފިއެވެ.

ވަރަށްވެސް ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފައިވާ މި މުބާރާތުގެ ސެމީ ފައިނަލް ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔައިރު ފުރަތަމަ މެޗްގައި ބައްދަލު ކޮށްފައިވަނީ ޖޭޓީ ގޯޅިގަނޑާއި އެލައިވްއެވެ. މި މެޗް ނިމިގެން ގޮސްފައިވަނީ 3-0 ގެ ނަތީޖާ އަކުން އެލައިވް ކޮޅަށް ކުރިހޯދައިގެންނެވެ. މެޗްގެ 2 ގޯލް ކާމިޔާބު ކޮށްދީފައިވަނީ ހަސަން ޒައީމެވެ. އަނެއް ގޯލް ކާމިޔާބު ކޮށްދިނީ އައްސަދް އަބްދުލް ވައްހާބެވެ.

ސެމީގެ ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ފްލައިން ލިޒާޑްސް އާއި އޭޑަބްލިއުއެމްއެވެ. މި މެޗް 0-0 ގެ ނަތީޖާ އަކުން އެއްވަރުވުމުން ދެ ޓީމްއިންވެސް އެއް ކުޅުންތެރިއަކު އަރައިގެން އަބްދުލް ހަލީމް ޖަހައި ދިން ގޯލްޑެން ގޯލުން މޮޅު މޮޅުވެފައިވަނީ ފްލައިން ލިޒާޑްސްއެވެ.

މި މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކޮށްފައިވަނީ ޖޭޓީ ގޯޅިގަނޑާއި ފްލައިން ލިޒާޑްސްއެވެ. މި މެޗްވެސް 0-0 ގެ ނަތީޖާއަކުން އެއްވަރު ވުމުން 1 އޮން 1 އަށް ގޯލްޑެން ގޯލްއަށް ކުޅެގެން މުބާރާތުގެ ކޮންކަރާ (ޗެމްޕިއަން) ކަން ހޯދާފައިވަނީ ޖޭޓީ ގޯޅިގަނޑެވެ. މެޗްގައި ގޯލް ޖަހާފައިވަނީ އައްސަދް އަބްދުލް ވައްހާބެވެ.

ގޯލްޑެން ރިންގާ

މުބާރާތުގެ ކިންގް އޮފްދި އެރީނާ ( އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޭޓީ ގޯޅިގަނޑުގެ އައްސަދު އަބްދުލް ވައްހާބެވެ. އަދި ގޯލްޑެން ރިންގާ (ޓޮޕް ސްކޯރާ) އަށް ހޮވިފައިވަނީ ވެސް އެޓީމްގެ ހަސަން ޒައީމެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ މަނަދޫ ދާއިރާގެ އިއްޒައްތެރި މެމްބަރ އަހްމަދު ހާރޫނެވެ. ކޮންކަރާސް އަށް ތަށްޓާއި އިނާމް ހަވާލުކޮށްދީފައިވަނީ ހާރޫނެވެ. އަދި ކިންގް އޮފްދަ އެރޭނާ (މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ) އަށް ތާޖް އަޅުއްވާ އެލްމޯބައިލް އިން ސްޕޮންސާ ކޮށްފައިވާ ސްމާޓް ފޯންވެސް ހަވާލު ކޮށްދީފައިވަނީ ވެސް ހާރޫނެވެ. މީގެ އިތުރުން ގޯލްޑެން ރިންގާ (ޓޮޕް ސްކޯރާ) އަށް ރިންގާއި އެލް މޯބައިލް އިން ސްޕޮންސާ ކޮށްފައިވާ ފޯން ވެސް ވަނީ ހަވާލުކޮށްދީފައެވެ.

ކިންގް އޮފްދި އެރީނާ

މުބާރާތުގެ ކޮންކަރާ ކަން ނަގާފައިވާ ޖޭޓީ ގޯޅިގަނޑަށް 4000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ވަނީ ހަވާލުކޮށްދީފައެވެ. އަދި އަންނަ އަހަރުގެ ފިތްރު އީދުގައި މި މުބާރާތް، ފައިސާގެ އިނާމް މިއަށް ތުރެ ބޮޑުކޮށް، ބޭއްވުމަކީ ސިރަޕްގެ އަމާޒެއްކަމަށް ސިރަޕް އިން ވަގުތަށް ކިޔައިދީފައިވެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ އެލްސްޕީޑް، އާތް ފިއުލްސް، ހޯޕް ޓްރެވެލްސް، އެލް މޯބައިލް، ސޮނީ ސްޕޯޓްސް އަދި މީގެ އިތުރުން ނިއު ވިއުއެވެ.

ކިޔުންތެރިންގެ ހިޔާލު