ދުވާފަރު ޔޫތް މޫވްމަންޓުން އިންތިޒާމް ކޮށްގެން އެރަށުގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ”ދުވާފަރު ފުޓްސަލް ޗެލެންޖް 2019” މުބާރާތް ފަށައިފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ފެށިގެން އައި މި މުބާރާތަކީ ކުޅިވަރުގެ ރޮނގުން މަޝްހޫރުކަން ހޯދަމުން އަންނަ ރަށެއް ކަމަށްވާ ދުވާފަރުގައި ޒުވާނުންނަށް ހާއްސަކޮށްގެން ރަށުގައި ފުޓުބޯޅަ ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރި ވެފައި ވަނީ 4 ޓީމެވެ. ފައިނަލްގައި ބައްދަލު ކުރާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ 2 ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކޮށްފައިވަނީ ސިލްވަރ ޔުނައިޓެޑް އަދި އިލަވަން އެޓޭކާރސްއެވެ. މި މެޗް ނިމިގެން ގޮސްފައިވަނީ 4-1 ގެ ނަތީޖަ އަކުން ސިލްވަރ ޔުނައިޓެޑް މައްޗަށް ކުރި ހޯދައިގެންނެވެ. އިލަވަން އެޓޭކާރސް އިން ކާމިޔާބުކުރި 4 ލަނޑުވެސް ޖަހާފައިވަނީ ޖާރޒީ ނަމްބަރ 11 އިބްރާހިމް ރަޝީދެވެ. ސިލްވަރ ޔުނައިޓެޑްގެ ގޯލް ޖަހައިދިނީ ހުސައިން އަލީއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިލަވަން އެޓޭކާރސްގެ ޖާރޒީ ނަންބަރު 11 އިބްރާހީމް ރަޝީދު (ޖެރާޑް) އެވެ.

މި މުބާރާތުގެ ދެވަނަ މެޗް އިއްޔެ ކުޅެފައިވާ އިރު މި މެޗްގައި ބައްދަލު ކޮށްފައިވަނީ ޑާރކްޕާރކް އާއި ދުވާފަރު ޕޮލިސް ޓީމެވެ. ޑާރކްޕާރކް އިން ޕޮލިސް ޓީމް ބަލިކޮށްފައިވަނީ 6-2 ގެ ބޮޑު ނަތީޖާ އަކުންނެވެ.

ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޑާރކްޕާރކް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 97 އަޙްމަދު ޢީސާ އެވެ. މިގޯލަށްފަހު ޕޮލިސް ޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލުމަށް މަސައްކަތް ކުރި ނަމަވެސް ޑާރކްޕާރކްގެ ޑިފެންސުންވަނީ އެހަމަލާތައް ދިފާއު ކޮށްފައެވެ.

ޢީސާ ވަނީ މި މެޗްގައި 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޓީމްގެ އިޔާދް ސަހާއު ވެސް ވަނީ ގޯލް އެއް ކާމިޔާބުކޮށްދީފައެވެ. އަނެއް 3 ގޯލް ކާމިޔާބުކޮށަދީފައިވަނީ ޖާރޒީ ނަމްބަރ 96 މުސްލިމް މުހައްމަދު (ރޮނާ) އެވެ. ޕޮލިސް ކްލަބް އަށް ގޯލް ޖަހާދީފައިވަނީ ޖާޒީ ނަމްބަރ 10 އަހްމަދު މުހައްމަދާއި ޖާޒީ ނަމްބަރ 5 ހުސެއިން ރަމީލް (ރަންމަ) އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑާރކްޕާރކްގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ. އޭނާ ވަނީ މިމެޗުގައި ހެޓްރިކްވެސް ހަދާފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ނަގާ ޓީމަކަށް 15،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާ އިރު މިއަންނަ އަހަރުގެ މުބާރާތުގައި މިއަދަދު އިތުރުކޮށް މުބާރާތް އިތުރަށް ފުޅާ ކުރާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވެއެވެ.

މި މުބާރާތުގައި މެޗެއް މިއަދުވެސް ކުރިއަށް ދާނެއެވެ. މިމެޗްގައި ބައްދަލު ކުރާނީ ޑާރކް ޕާރކް އަދި ދުވާފަރު ޕޮލިސް ޓީމެވެ.

މުބާރާތުގެ ސްޕޮންސަރުންނަކީ އެމްޑީޕީ އިސްމާއިލް އަހްމަދް، އިބްރާހިމް ނަސީރް، މަންތާ ސޮވިނިއާސް ޝޮޕް، ތާޒާ، ބޭންކް އޮފް މޯލްޑިވެސް، ނޮވެއްލާކެފޭ، މޯލްޑިވިއަން، ރާސްތާ މާރޓް، ދުވާފަރު ކައުންސިލް އިދާރާ، އެމް.ޑަބްލިއު.އެސް.ސީ، ކެފޭގަލިއާނޯ، ޑީސް އިމޭޖް، މައިބަދަ، އޭއެޗް ޙަލީލް ކޮންސްޓްރަކްޝަން، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އަދި ޓައިމްސް މާރޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުވާފަރު ދަރިއެއް

    ކަމިޔާބު ހޯދި ހުރިހާ އެންމެނަށް މަރްޙަބާ.