އޭއެފްސީ ކަޕު ކޮލިފިކޭޝަންގައި މާދަމާ ރޭ ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވުމުން ދިވެހި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ބާކީކޮށްފިއެވެ.

އެކަމާއި ގުޅިގެން ޓީމުން ބާކީކޮށްފައިވާކަން ދަގަނޑޭ ވަނީ ރާއްޖޭގެ ބައެއް މީޑީޔާތަކަށް ކަށަވަރުކޮށްދީފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަގަނޑޭ ބައިވެރި ނުވުމުން އެތަން ފޫބެއްދީ އައްސަދު އަލީ (އަޑުބަރޭ) އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގައުމީ ޓީމުގެ ކޯޗު ސެގާޓް ބުނީ ދަގަނޑޭގެ ވިސްނުމުގެ މައްސަލައެއް އުޅޭ ކަމަށާއި މާދަމާ ރޭގެ މެޗުގައި އޭނާ ކުޅޭނެތޯ ޖެހޭނީ ބަލަން ކަމަށެވެ. އަދި ގައުމީ ޓީމަށް 100 ޕަސެންޓް ނުދޭ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ނުދޭނެ ކަމަށްވެސް ސެގާޓް ބުންޏެވެ.

މާދަމާ ރޭގެ މެޗުގެ ސްކޮޑުން ދަގަނޑޭ ބާކީ ކުރިއިރު މިދިޔަ ހުކުރު ދުވަހު ސިންގަޕޫރާއި ދެކޮޅަށް ދިވެހި ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި ދަގަނޑޭ ނުކުޅުނީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެ މެޗުން ރާއްޖެ ވަނީ 2-3 އިން ބަލިވެފައެވެ.

ދަގަނޑޭ ސްކޮޑުން ބާކީކުރިއިރު ގައުމީ ޓީމުން ވަނީ ޒުވާން ފޯވާޑް ހަސަން ނާއިޒު (ދާދު) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕޮފުބާ

    ނުކުޅެވޭތީ ދާންނުކެރެނި

  2. ކަސަބު

    ތި ބަލިވީ

  3. ޑާޑާޑާޑާ

    ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ދަގަނޑޭ ގައުމީ ޓީމުން ވަކިކޮށްފި ނަމަ އެއީ ރޫލްސް އެން ސްޓޭންޑަރޑްސް ފޯލޯ ކުރާ ހުރިހާ މީހުން ގަބޫލުކުރާނެ ތިއަރީ އެކޭ މިއަދު ދަގަނޑޭ އަކީ ކުޅުން ތެރިއެކޭ މާދަމާ އޭނާ އަކީ ކޯޗަކަށް ވާނެ މީހެކޭ ކަން މިހެން ހުުރުމުން އެދުވަހަކުން ދަގަނޑޭ އަށް ވެސް އިނގޭނެއޭ ކޯޗް ގެ ބަސް އެއީ ކޯއްޗެއް ކަން ރޫލްސް އެން ސްޓޭންޑަރޑް އަށް ތަބާވާން ޖެހުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ. މިރާއްޖޭގައި ހުރިހާ މައްސަލަ ތައް ދިމާވެގެން އުޅެނީ އެއީ ފަރުވާ ކުޑަ ވެފައި އިހްމާލް ބޮޑު ވެފައި އަދި ޒިންމާ ދާރު ނުވުމޭ. މަމެން ހޯދި ހޯދުން ތަކުން އެންމެ ގިނައިން ފެންނަ ތަނުގައި ރޯ ބުހުތާނު ދޮގު ހަދަނީ ބަރާބަރަށް ނިތްތިރި ކުރާ މީހުންނޭ މިހެން ނޫނޭ މިކަން ވާން ޖެހޭނީ. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ދުނގެތި ސްޓޭންޑަރޑް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑީޑަޑަޑާޑާ ޑީޑަޑަޑާޑާޑާ...

  4. ދަގަނޑޭ

    އަޝްފާގުނެތީމަބަލިވާންއޭނައެއީމާވަރައްކުޅެވޭމީހަކީތަ އޭނަނުކުޅުނިއްޔާމާރަނގަޅުވާނެ އެއީގައުމީޓީމުންމިހާރުބާކީކުރަންވެފަތިމީހުންމިހާރު

  5. ރާމީ

    ތިއީ ބަރާބަރު ކޯޗުންނަކީ. މިވީހާތަނަށް ދަނގަނޑޭއަށް ކަމެއްކުރަން ކެރުނު ކޯޗަކު ނާދޭ. އެންމެން ދަގަނޑޭ ޗަހާހާ ބެރަށް ނެށީ. އޭނަ ކޮންމެ ގޮތަކަށް އުޅުނަސް. ތިއީ ދިވެހި ފުޓުބޯޅަ ދެން ކުރިއަށްދާނެ ކަމުގެ ކުޑަ އަލިކަމެއް. އިންސާފުން ކަންތައް ކުރުން

  6. އަންޑަރ ވުޑް

    ދަގަޑޭ ބޭނުމެއްނުވޭ ފުޓް ބޯޅަ ކުޅެން. އޭނާ ބޭނުންވަނީ މަޖްލީސް މެމްބަރަކަށްވާން. ހެޔޮ ނުވާނެ އެކަން ކޮއްދީ އަވަހައް

  7. އަންޑަރ ވުޑް

    ތިމާ ދެން މާމޮޅީޔޯ .. ދަގަޑޭ ދެން ޤައުމީ ޓީމަށް އެއްވެސް ގޮތަކަށް އަރުވާކަށް ނުފެނޭ، ކޯޗް ބުނިހެން ރާއްޖެ ތެރޭން ބަލަންވީ ރަގަޅު ކުޅުން ތެރިން އަތު ޖެހޭތޯ. ކޯޗު ބުނިހެން ޤައުމު ދކެ ލޯބިވާ މީހުން 100 ޕަސެންޓް ދެއްކޭނީ. ނަސީބެއް ދަގަޑު ބުރި ކަޓުވާލިކަން.. ނަސީބެއް

  8. މާހިރާ

    ތިއެއް ނޫންވީކަމަކީ ބަށްސާމް ހިންހަމަނުޖެހޭ މީހަކަށް ވީމަ ބާކީ ކޮށްލީ...