ދުވާފަރު ޔޫތް މޫވްމަންޓުން އިންތިޒާމް ކޮށްގެން ރ.ދުވާފަރު ގައި ކުރިއަށްދިޔަ ދުވާފަރު ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން ޑާކްޕާކް ހޯދައިފިއެވެ.

އިއްޔެ ހަވީރު ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޝަރަފްވެރި މެހެމާނަކީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙްމަދުއެވެ.

އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޑާކްޕާކްއިން ކާމިޔާބު ކުރީ އިލަވަން އެޓޭކާރސް އާއި ބައްދަލުކޮށް 7 ލަނޑު 0 ލަނޑުގެ ނަތީޖާއަކުންނެވެ. ޑާކްޕާކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުގެ ލަނޑު ޖެހީ ޖާޒީ ނަންބަރ 97 އަޙްމަދު ޢީސާ (2 ގޯލް)، ޖާޒީ ނަންބަރު 95 މުޙައްމަދު ޖުމާން (ސްޓާލިން) (2 ގޯލް)، ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އަދި ޖާޒީ ނަންބަރު 10 ޙަސަން ޝުޖާޢު (އޯކޭ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑާކްޕާކްގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ފައިސާގެ އިނާމާއި ތަށި ހަވާލުކޮށް ދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙުމަދު އަދި މުބާރާތް ސްޕޮންސަރ ކޮށްފައިވާ ފަރާތްތަގެ އޮފިޝަލުންނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑާރކްޕާރކްގެ އަޙްމަދު ޢީސާއެވެ. އޭނާވަނީ މުބާރާތުގެ ގަދަ ފަސްކުޅުންތެރިންގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. އޭނާވަނީ މިމުބާރާތުގައި 8 ގޯލު ކާމިޔާބުކޮށްފައެވެ.

ޑާރކްޕާރކްގެ އަޙްމަދު ޢީސާ

މުބާރާތުގެ ފެއަޕްލޭ ޓީމަކަށް ޕޮލިސް ޓީމް ހޮވިފައިވާއިރު ރަނަރ ރަޕް ޓީމަކީ އިލަވަން އެޓޭކާރސްއެވެ. މީގެ އިތުރުން މުބާރާތުގައި ހޮވި އިތުރު މަޤާމްތަކުގެ ތެރެއިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ޑާކްޕާކްގެ މުޙައްމަދު ޖުމާން (ސްޓާލިން) އެވެ.

ޑާރކްޕާރކްގެ މުޙައްމަދު ޖުމާން (ސްޓާލިން)

08 ޖޫން 2019 އިން 13 ޖޫން 2019 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/15000ރގެ ފައިސާގެ އިނާމްވަނީ ކަނޑައަޅާފައެވެ.

މިމުބާރާތަކީ ދުވާފަރުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މިމުބާރާތް އަންނަ އަހަރުވެސް ފުޅާކޮށް ބޭއްވުމަށް ޤަސްދުކުރާކަމުގައި މިމުބާރާތް ހިންގާ ފަރާތުން ބުނެއެވެ. މިފައިނަލް މެޗަށްފަހު އަންނަ އަހަރުވެސް މުބާރާތް ކުރިއަށް ގެންދާނެކަންވަނީ އިޢުލާނު ކޮށްފައެވެ.