ފިތުރު އީދާއި ދިމާކޮށް ދިއްދޫގައި ކުރިއަށް ދިޔަ ފުޓްސަލް މުބާރާތް މެޗް ހޫނު ވުމާއި ގުޅިގެން ހުއްޓިފައި އޮތްވާ، އިތުރަށް ކުރިއަށް ނުގޮސް މެދު ކަނޑާލަން ދިއްދޫ ކައުންސިލުން ނިންނައިފިއެވެ.

ދިއްދޫ ކައުންސިލުން ނެރެފައިވާ ބާޔަނެއްގައި ބުނެފައިވަނީ 05 ޖޫން 2019 ވަނަ ދުވަހު ފެށި މުބާރާތުގައި ޖޫން 10 ވަނަ ދުވަހުގެ ރޭ ކުޅެވުނު "ބްލެކްޒީނޯ" އަދި "ވަންތަޅާ" ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ފުޓްސަލް ދަނޑަށް ދިން ގެއްލުމަކީ އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ކަމެއް ކަމަށެވެ.

މިހާދިސާއާއި ގުޅިގެން މުބާރާތް ހުއްޓި، ޓެކްނިކަލް ކޮމިޓީތަކުގެ މެމްބަރުން ވަނީ އިސްތިއުފާ ދީފައެވެ. އަދި މުބާރާތުގެ ބައެއް ރެފްރީންވެސް ވަނީ ވަކިވެފައެވެ. މިކަންކަން ރަނގަޅުކޮށް އައު ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި ރެފްރީން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ރެފްރީން ލިބިފައި ނުވާކަމަށް ދިއްދޫ ކައުންސިލްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިއްދޫ ކައުންސިލިން ބުނެފައިވަނީ މި މުބާރާތް މިހެން ހުއްޓިފައި އޮތުމުގެ ސަބަބުން ހއ.ދިއްދޫ ކައުންސިލަށާއި، ޓިމުތަކަށްވެސް ގިނަގުނަ ދަތިތަކަކާއި މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާކަމަށެވެ.

މި މުބާރާތް ކުރިއަށް ނުގެންދަން ނިންމާފައިވާ އިރު މި މައްސަލަ މޯލްޑިވެސް ޕޮލިސް ސާވިސް އިންވަނީ އިސްނަގައިގެން ތަހުގީގު ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމީ

    ހަލާކުވިޔަސް ނުވިޔަސް އެކަންކުރި އެނމެން ޖަލައް ލާން ޖެހޭނެ. އެހެންނޫނީ މާދަމާ އެހެން ބަޔަކު ތިކަން ތކުރާރު ކޮއްފާނެ.

    22
  2. ޕިންޑޭ

    ބްލެކްޒީނޯ މީ ދިއްދޫގެ ހަލާކު. މީ އުވާލަން ޖެހޭ ކުލަބެއް. ދިއްދުގެ ރީތިނަން ކިލަނބު ކޮއްފި މި ކުލަބް ރަޖިސްޓްރީ ކުރި ފަހުން.

    17
    2
  3. ހިތުވިންދު

    ތި މުބާރާތަކީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ކައުންސިލަރުން ކެންޕޭން ކުރަން ހިންގާ ޖަރީމާއެއް..... ކައުންސިލަރުންނަށް ހީވަނީ ރައްޔިތުންނަށް އެކަން ނޭގޭނެކަމަށް...
    ކައުންސިލްތަކުގެ މުވައްޒަފުންނާއި، އެހެނިހެން ފެސިލިޓީޒް ބޭނުންކޮށްގެން މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކުރުވަނީ....

    5
    3