ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް، ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފް ސްރީލަންކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރާޖަޕަކްސަ އާއި ކާމިޔާބު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ކުރެއްވި ޓްވިޓެއްގައި މަހްލޫފު ވިދާޅުވެފައިވަނީ މި ބައްދަލުވުމަކީ ވަރަށްވެސް ބޭނުންތެރި މުހިންމު ބައްދަލު ވުމެއްކަމުގައެވެ. މަހްލޫފް ވިދާޅުވީ ރާއްޖޭގެ ޔޫތްސެކްޓާ ކުރިއަރައިގެން ދާނެ ކަމަށާއި ކުޅިވަރުގެ ތެރެއިން ކްރިކެޓާއި އެހެން ކުޅިވަރުތަށްވެސް ކުރިއެރުވުމަށް ރާޖަޕަކްސަ އާއި ކުރެވިގެން ދިޔަ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.

އަދި ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ލަންކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަހްލޫފާއި ބައްދަލު ކުރެއްވި ބައްދަލުވުން ނިންމާލުމަށްފަހު ރާޖްޕަކްސަ ކުރެއްވި ޓްވިޓެއްގައި ވަނީ ރާއްޖޭގެ ޒުވާން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ލަންކާއިން އެހީތެރިވެދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވިގެން ގޮސްފައިވާ ކަމަށާއި ކުޅިވަރާއި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން 90ގެ އަހަރު ތަކުން ފެށިގެން ލަންކާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުމުގެ މައްޗަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ރާޖަޕަކްސަ ވަނީ ވިދާޅުވެފައެެވެ.

މިނިސްޓަރގެ މި ދަތުރު ފުޅުގެ ވާހަކައެއް ސްޕޯޓްސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގޮޅާބޯ

    މިނިސްޓްރީ އައް ފިލައިގެންތަ މީނަ ގޮސް މިއުޅެނީ

    17
  2. ރާބޯ

    ރާބޯ ހިތުން އިރުއިރުކޮޅާ ލަންކާޔަށްދަނީ ، މުސްލިމް ގައުމަކަށް ގޮސްގެން އެހީއެއްހޯދަންއުޅެބަލަ....

    12
  3. ހޯރަ އިއްބެ

    އިދިކޮޅު ލީޑަރަށް ކޮށްދެވޭނީ ކޮންކަމެއް . ؟

    11
  4. އައްޑޫ މީހާ

    ހަހަ އަސްލުތަ؟

    10