ޕީއެސްޖީ އިން 2017 ވަނަ އަހަރު ރެކޯޑް އަގަކަށް ބާސެލޯނާއިން ގަތް ބްރެޒިލްގެ ތަރި ނޭމާ ދޫކޮށްލަން އެ ކުލަބުން ތައްޔާރުކަން ހާމަވެއްޖެއެވެ.

ނޭމާ އާއި ޕީއެސްޖީ ދެމެދު ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ މި ދަނޑުވަޅުގައި އެ ކްލަބުން އޭނާ ވިއްކާލަން ބޭނުންވަނީ ރެއަލް މެޑްރިޑަށެވެ. އެއީ ރެއަލްގެ ކަސެމިރޯ ނޭމާގެ ބަދަލުގައި ޕީއެސްޖީ އިން ބޭނުން ވާތީއެވެ. މި ދެ ކްލަބް ދޭތެރޭ ނޭމާ ވިއްކާ ވާހަކަ ދެކެވޭ ނަމަ ކަސެމިރޯގެ ވާހަކަވެސް ދެކެވެން ޕީއެސްޖީން ބޭނުންވާ ކަމަށް މާސާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މާސާ އިން އިތުރަށް ބުނާ ގޮތުގައި ޕީއެސްޖީ އިން ނޭމާ ވިއްކާލެވޭނީ ނޭމާ ގަތް އަގު ކަމުގައިވާ 220 މިލިއަން ޔޫރޯ އަށް ވުރެން މާ ބޮޑުތަން އަގު ހެޔޮ ކޮށެވެ.

5 އަހަރު ދުވަހަގެ ކޮންޓްރެކްޓެއް ނޭމާ އާއި އެކު ޕީއެސްޖީ އިން ހަދާފައި ވީ ނަމަވެސް އެންމެ 2 ސީޒަނަށް ފަހު ކުލަބް ދޫކޮށްލަން ނޭމާ ބޭނުންވީ ޓީމް މޭޓް ކިލިއަން އެމްބާޕޭ އާއި ހެދިއެވެ. "މިރާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބާސެލޯނާއިން ނޭމާ ދިޔައީ މެސީގެ ހިޔަނީގައި ހުންނަން ބޭނުން ނުވެގެން ކަމަށާއި، ޕީއެސްޖީ އިން އޭނާ ދާން ބޭނުންވަނީ ވޯލްޑް ކަޕް ކާމިޔާބު ކުރި ޒުވާން އެމްބާޕޭގެ ހިޔަނީގެ ދަށުގައި ހުންނަން ނޭދޭތީއެވެ.

ނޭމާ ވަނީ ޕީއެސްޖީ އަށް 58 މެޗުން 51 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަލަ މެޑްރިޑް

    ނޭމާގެ ކިތަންމެ ހުނަރުވެރިވެފަ މޮޅަކަސް އޭނާ ކުޅޭ ކުލަބަކަށް ވަނީ ގެއްލުން. ރެއާލް ބޭނުމެއް ނުވާނޭ ނޭމާއެއް އޭނަގެ ހުންނަ ބައެއް ކަންތައް ތަކުގެ ސަބަބުން.