ނިމިދިޔަ ޗެމްޕިއަންސް ލީގުން ވިދާލި އަޔަކްގެ 19 އަހަރުގެ ޒުވާޏް ސެންޓާބެކް މެތިއެސް ޑި ލިޗްޓް ބާސެލޯނާ އަށް ވިއްކާލަން އަގެއް ހަމަޖެހިފައި ވަނިކޮށް އެ ޓްރާންސްފާ އަށް މެތިއެސްގެ އޭޖެންޓް ދެކޮޅު ހަދައިފިއެވެ.

ޗެމްޕިއަންސް ލީގުގައި ބޮޑެތި އެތައް ކްލަބަކާއި ވާދަކޮށް ޔޫރޮޕްގެ ސަމާލުކަން ނެދަލޭންޑްސް އަށް ނިސްބަތްވާ މެތިއެސް އަށް ހުއްޓިފައި ވާއިރު ޕީއެސްޖީ، މެން ޔޫ، އަދި ބަޔާންގެ އިތުރުން ޔުވެންޓަސް އިން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ނެދަލޭންޑްސް 1-0ން ބަލިވި މެޗައް ފަހުގައި ކްލަބުގެ ތަރި ކްރިސްތިއާނޯ ރޮނާލްޑާ ވަނީ މެތިއެސް ގާތު ޔުވެންޓަސް އަށް އައުމަށް އެދިފައެވެ. ރޮނާލްޑޯ މިކަމަށް އެދުމުން ވަރަށް ބޮޑަށް ހައިރާން ވި ކަމަށާއި ނަމަވެސް މިހައި ހަނގު އިރު ބޭނުން ވަނީ ތަޖުރިބާ ކަމަށާއި ފައިސާ ނޫން ކަމަށް މެތިއެސް ވަނީ ބުނެފައެވެ. ބާސެލޯނާ ފަދަ ބޮޑު ކްލަބަކަށް ސޮއި ކޮށްފި ނަމަ، ކުޅެން ނާރައި އިންނަން ޖެހުމުގެ ބިރު ބޮޑު ކަމަށް މެތިއެސް އަށް ހެޔޮއެދޭ ފުޓްބޯޅަ މާހިރުންވެސް ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގެ ރައީސް ވަނީ ސީދާ މެތިއަސް އާއި ވާހަކަ ދައްކައި އޭނާ ގަތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވި އިރުގައި، ގިނަ ބަޔަކު ތިބީ އޭނާ ދެން ފެންނާނެ ކްލަބެއް ބަލަން ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ހާދަ ފުޓުބޯޅަ އިނގޭ ގޮލައެކޭ ދޯ