ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގައި ދިވެހި ސިފައިން އެހިވާނެ ކަމަށް ޔޫތް މިނިސްޓާރ އަހްމަދު މަހުލޫފް ވިދާޅު ވެއްޖެއެވެ.

ސިފައިންގެ ވެލްފެއާ ކުންފުންޏެއް ކަމުގައިވާ (އެސް.އައި.ޑަބްލިއު.އީ.ސީ) އާއި މިނިސްޓާރ މަހުލޫފް އާއި ދެމެދު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންދެވިފައި ވާއިރު، ޔޫތް މިނިސްޓްރީ އިން ވަނީ އެ ބައްދަލުވުމުގެ ފޮޓޯ އެއް އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ހިއްސާ ކޮށްފައެވެ.

ފުޓްބޯޅަ އަކީ ރާއްޖޭގެ ކޮންމެ ދިމާ އަކަށް ބަލައިލި ކަމުގައި ވިޔަސް ފެންނަން އޮތް ކުޅިވަރަކަށް ވާއިރު، ހުރިހާ ރަށެއްގައި ވެސް ފުޓްބޯޅަ ކުޅެވޭ ރަނގަޅު ފެންވަރުގެ ދަނޑެއް އޮތުން އެއީ ހުރިހާ ޒުވާނުންވެސް އެދޭ ކަމެކެވެ.

ޔޫތް މިނިސްޓްރީ އާއި ގުޅިގެން ދަނޑުތައް ހަދަން ނިންމާފައިވާ އިރު، މާލޭގައި ދިރިއުޅޭ ބިސޭދީންނަށް ކްރިކެޓް ބެލޭނޭ އިންތިޒާމް ވެސް ޔޫތް މިނިސްޓްރީ އިން މިހާރު ވަނީ ހަމަޖައްސައި ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮލި މުލައް

    އެހީވަނީއެއްނޫން މަޖުބޫރުން ކުރުވަނީ. އައްޑޫ ކޮންމެންސަން ސެންޓަރުމަސައްކަތްވެސް އައްނިގެ ނުފޫޒުން ކުރުވިއެއްނު

    17
    2
  2. ހުމައިދު

    އިސްލާޙިއްޔާ މަހޭ ކަލޯ ސިފައިންލައްވާ ގަދަބާރުން ބިރުދައްކައިގެން ކުރުވާކަންތައް ތިޔައީ މަބަލާނަން ތި އިސްލާ ހިއްޔާ ކަތީބަށް ތިމަޤާމުގައި ހުރެވޭތޯ !! ތަންމަތި ބަނދެ ތައްޔާރުވޭ މަޤާމުން ދުރުކުރާނެ މީ ޝައްކެއް އޮތްކަމެއް ނޫން ދެން ބަފާބެ ( ފުނާޑު ނަސީމް ) އޮޅުން އަލަކަނޑަންދޭ ! މަރުމޯލު!!!