އިނގިރޭސި ކްލަބް މެންޗެސްޓާރ ޔުނައިޓެޑް އަށް ނިސްބަތްވާ ޕައުލް ޕައުލް ޕޮގްބާ ޔުވެންޓަސް އަށް ލިބޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޕޮގްބާ ހޯދުމުގެ މަސައްކަތް އެންމެ ގަދައަށް ކުރަމުން އަންނަ ދެ ކްލަބަކީ ރެއަލް މެޑްރިޑާއި ޔުވެންޓަސް ކަމުގައި ވާއިރު، މެންޗެސްޓާ ޔުނައިޓެޑުން މީގެ ކުރިން ބުނެފައި ވަނީ ޕޮގްބާ ވިއްކަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ރަނގަޅު އަގެއް ކިޔައިފި ނަމަ އެކަން ކުރެވޭނޭ ކަމަށެވެ.

2016 ވަނަ އަހަރު 89 މިލިއަން ޕައުންޑަށް ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވި ޕޮގްބާގެ އަގު މިހާރު އުޅެނީ 150 މިލިއަން ޕައުންޑުގައެވެ. އެ ކްލަބާއި އެކު ޕޮގްބާ ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލައިލާ އިރު އޭނާ ވަނީ 4 ސީރިއޭ ޓްރޮފީ އާއި 2 އިޓާލިއަން ކަޕް ކާމިޔާބު ކޮށްފިއެވެ.

ފްރާންސް އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޕޮގްބާ ހޯދުމަށް ޔުވެންޓަސް އިން މެދު ނުކެނޑި މަސައްކަތް ކުރަމުން އަންނަ އިރު، އެ ކްލަބާއި ދާދި ފަހުން ހަވާލުވި ޗެލްސީގެ ކުރީގެ ކޯޗު މައުރިޒިއޯ ސާރީ ރަސްމީކޮށް ދައްކާލުން މިއަދު އޮންނާނެއެވެ. ސާރީ އަކީ ނިމިދިޔަ ސީޒަނުގައި ޗެލްސީ އަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން ކޯޗެވެ.