އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުއާން މަޓާ އެ ކްލަބުގައި މަޑު ކުރަން ނިންމައިފިއެވެ.

2014 ވަނަ އަހަރު ޗެލްސީ އިން ޔުނައިޓެޑަށް ބަދަލުވި މަޓާގެ ކޮންޓްރެކްޓް ހަމަވެ، އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް އަރައިފައި ވަނިކޮށް ޔުނައިޓެޑުން ވަނީ އިތުރު 2 އަހަރު ވަންދެން މަޓާ އެ ކްލަބުގައި ބަހައްޓަން އައު ކޮންޓްރެކްޓެއް ގައި ސޮއި ކޮށްފައެވެ.

މަޓާގެ ކޮންޓްރެކްޓް އައު ކުރުމަށް ފަހުގައި ކްލަބުގެ ކޯޗު ސޮލްސްކްޖައާ ބުނެފައި ވަނީ ހުއާން މަޓާ އަކީ އެންމެ ޕްރޮފެޝަނަލް އެއް ކުޅުންތެރިޔާ ކަމަށާއި މިހައިތަނަށް އިރުޝާދު ދިން ކުޅުންތެރިންގެ ތެރެއިން އެންމެ ވިސްނުންތޫނު އެކަކު ކަމަށެވެ.

"ހުއާން މަޓާ އަކީ އަކީ އެންމެ ޕްރޮފެޝަނަލް ލެވަލްގެ ކުޅުންތެރިއެއް. މިހައިތަނަށް އަހަރެން އިރުޝާދު ދިން ކުޅުންތެރިންގެ ތެރެއިން އެންމެ ވިސްނުންތޫނު އެކަކު. ކްލަބުގެ ޒުވާން ކުދިންނަށް މަޓާ އަކީ ހަމަ ނަމޫނާ އެއް" ސްލްސްކްޖައާ ބުނެފައި ވެއެވެ.

ޔުނައިޓެޑަށް 215 މެޗު ކުޅެ، 45 ގޯލު ކާމިޔާބު ކޮށްދީފައިވާ އުމުރުން 31 އަހަރުގެ މިޑްފިލްޑަރު ވަނީ އެ ކްލަބާއި އެކު އެފް އޭ ކަޕާއި، ލީގް ކަޕްގެ އިތުރުން ޔޫރޮޕާ ލީގް ވެސް ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު